އޮސްޓްރޭލިއާގެ ފިރިހެނަކު ގޭގައި ފާހަނާ ކުރަނިކޮށް، ބޮޑު ހަރުފައެއް އޭނާގެ ޖިންސީ ގުނަވަނުގައި ދަތް އަޅައިފިއެވެ.

ފުލުހުންނަށް އޭނާ ދީފައިވާ ބަޔާނުގައި ބުނެފައިވަނީ ދަތް އަޅާފައިވާ ހަރުފައަކީ ދިގު މިނުގައި ފަސް ވަރަކަށް ފޫޓު ހުންނާނެ ކަމަށް ބެލެވޭ ހަރުފައެއް ކަމަށާއި ދަތް އެޅި ފަހުން އެ ހަރުފަ ފެނުނީ ފާހަނާ ތަށިގަނޑު ތެރެއިން ކަމަށެވެ.

ފުލުހުން ބުނީ، އޭނާގެ ގެއިން ފެނިފައިވަނީ 'ޕައިތަން' އެއް ކަމަށެވެ. އެ ވައްތަރުގެ ހަރުފަ އަކީ 30 ފޫޓަށް ދިގުވާނެ ހަރުފައެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އޭނާގެ ގޭގެ ފާހަނާ ތަށިގަނޑު ތެރެއަށް އެ ހަރުފަ ގޮސްފައިވަނީ ނަރުދަމާ ހޮޅީގެ ތެރެއިން ކަމަށް ގަބޫލު ކުރެވެއެވެ.

"އޭނާ ފާހަނާ ތަށި މަތީ އިށީނދުނު ތަނާ ޖިންސީ ގުނަވަނުގައި ދަތް އެޅީ" ފުލުހުން ބުނެފައި ވެއެވެ.

ހަރުފަ ދަތް އެޅުމުގެ ސަބަބުން އޭނާއަށް ލިބުނު ކުދި އަނިޔާތަކަށް ވަނީ ފަރުވާ ދީފައެވެ.

ފުލުހުން ބުނީ، އެ ހަރުފަ އައިސްފައިވާ ތަން ސީދާ ނޭނގޭ ކަމަށާއި އެހެން ނަމަވެސް ބެލެވެނީ އެއީ ބަޔަކު މީހުން ގެންގުޅޭ އެއްޗެއް އެމީހުންނަށް ނޭނގި ފާހަނާ ހޮޅިން އެގެއަށް އައީ ކަމަށެވެ. އެހެންކަމުން ފުލުހުން ވަނީ ޖަނަވާރުން ބަލަހައްޓާ މީހަކު ގެނެސް އެ ހަރުފަ ނަގައި ބަޔަކު މީހުންނާއި ހަވާލު ކޮށްފައެވެ.

އޮސްޓްރޭލިއާގައި އާއްމު ގޮތެއްގައި މީހުން އޮޅު ކޮށްގެން ޕައިތަން ގެންގުޅެއެވެ. އެފަދަ ގޮތަކަށް ގެންގުޅޭ ހަރުފަތައް މީހުންނަށް އަނިޔާ ނުކުރި ނަމަވެސް، މީހެއްގެ ފަރާތުން އެފަދަ ތަކެއްޗަށް ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އޮތުމުން އަނިޔާކޮށް ހަދައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޯދީ

    ހަރުފައަކަށް ހަރުފައެއް ފެނުނީމާވާނެތިހެން

  2. ބަފާބޭ

    ތީހަމަ އެކައްޗެއްނު.. ފޮޓޯއިންވެސް ތިފެންނަނީ ހަމައޭތި..