ކުރީގެ ޖެންޑަރ މިިނިސްޓަރ ޝިދާތާ ޝަރީފް، ފިލްމީތަރި އަހްމަދު ޒިޔާއު (ޒިޔާ) އާއި ކުރި ކައިވެނިން ވަރިވެ ސިންގަލްވެއްޖެކަަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޝިދާތާއާއި ޒިޔާ ކައިވެނި ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެހެން ކަމުން ޝިދާތާ ސިންގަލް ވެފައި މިވަނީ ކައިވެންޏަށް ފަސްމަސް ވެސް ނުވަނީހެވެ.

އޮންލައިން ނޫސް"ދުވަސް"އިން ރިޕޯޓްކޮށްފައިވާގޮތުގައި ޝިދާތާ ޒިޔާ ކައިރިން ވަރިވެފައިވަނީ އަމިއްލައަށް ކޯޓަށް ގޮސްގެންނެވެ.\

އެހެން ނަމަވެސް ޝިދާތާ ފޯނަށް ޖަވާބު ނުދެއްވާތީ ޒިޔާ ކައިރިން ވަރިވެފައިވަނީ ކޮން ސަބަބަކާއި ހުރެ ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ހަތަރުވަރަކަށް މަސްފަހުން ޝިދާތާ ޒިޔާ ކައިރިން ވަރިވެފައިވާއިރު، ޝިދާތާއާއި ޒިޔާ ކައިވެނި ކޮށްފައިވަނީ ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތަރު ވަރަކަށް މަސް ފަހުންނެވެ.

އެގޮތުން އެންގޭޖުވި ދުވަހު ޝިދާތާ ބުނެފައި ވަނީ އޭނާގެ ހިތް ވަނީ އުފަލުން ފުރިފައި ކަމަށާއި، މިއީ ހަޔާތުގެ އާދަތުރެއްގެ ފެށުން ކަމަށެވެ.

ޝިދާތާ މީގެ ކުރިން އެއް ކައިވެންޏެއް ކޮށްފައިވާއިރު، ޒިޔާ ދެ ކައިވެނި ކޮށްފައިވެއެވެ. ޝިދާތާ ކުރިން ކުރި ކައިވެނިން އޭނާއަށް ތިން ދަރިން ލިބިފައި އެބަ ތިއްބެވެ. ޒިޔާގެ ކުރީގެ ކައިވެންޏަކުން އޭނާއަށް ވެސް ދަރިއަކު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޣެމު

    ހުރިހާ ކަމަކުންވެސް ރާއްޖެ އުޅެނީ އެންމެ ކުރީގަ.

    21
  2. ރާއްޖެތެރެ މީހާ

    ދިސް އިސް މޯލްޑިވްސް

    18
  3. ވ ލޯ ބީން

    ސާ ބަސް

  4. ޙހހހ

    ތިކަން އެނގޭ މާކުރިންވެސް ވާނެކަން ، އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ

    10
  5. ޢިންޖިނިއަރ އެޑިލް

    ސާބަސް ފުޅޭ

  6. ޙަސަން އަޙްމަދު

    ސިންގަލް ވުމަށް ދިވެހިން ކިޔަނީ ހުއްސަރިބައި (ހުސްހަށިބައި) ވުން. މި ނޫހުން ދިވެހި ބަހަށް ސަމާލުކަން ދޭތީ ބުނެލީ

  7. ފިތުނަ ހަބަރު

    ހުސއ ދޮގު. ޒިޔާ ބުނެފި ނުކުރަމޭ

    2
    1