މިއަދަކީ ލެޖެންޑްރީ ފިލްމް އުފެއްދުންތެރިޔާ ގުރޫ ޑަޓްގެ އުފަން ދުވަހެވެ. އޭނާގެ މަރަށް އެތައް އަހަރެއް ވެެގެންދިޔައިިރުވެސް އަދިވެސް ހަގީގަތް ނުހޯދޭ ކަމަށް ވެއެެެވެ.

ޕްޔާސާގެ ޑައިރެކްޓަރ ގުރޫ ޑަޓް މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާ މުމްބާއީގައި ދިރިއުޅެމުންދިޔަ މުމްބާއީ އެޕާޓްމެންޓް ތެރޭގައެވެ. އެއިރު އޭނާގެ އުމުރަކީ 39 އަހަރެވެ. 1964 ވަނަ އަހަރު އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު، ރިޕޯޓްތައް ބުނާގޮތުގައި އޭނާ މަރުވެފައި ވަނީ ނިދާ ބޭހާއި، ރާ އެއްކޮށްގެން ބޮއެގެންނެވެ. ރިޕޯޓްތައް ބުނެފައިވާގޮތުގައި، އޭނާ އަމިއްލައަށް މަރުވާން ވެސް މީގެ ކުރިން އެތައް ފަހަރަކު މަސައްކަތްކޮށްފައި ވެއެވެ.

އެހެން ނަމަވެސް އޭނާގެ ކޮއްކޮ އަދި ފިލްމް އުފެއްދުންތެރިޔާ ޑެވީ ޑަޓް ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. އޭނާ ބުނެފައި ވަނީ، ބޭބެއަކީ އަކީ ނިދުމަށް އުނދަގޫ މީހެއް ކަމަށެވެ. އަދި ބޭބެ މަރުވެފައި ވަނީ އެކްސިޑެންޓަކުން އޯވާ ޑޯޒް ވެގެން ކަަމަށް ބެލެވޭ ކަމަށާއި، އެއީ ބޭބެ ރާ ބުއިމަށްފަހު، ފަހުން ނިދާ ބޭސް ކެއީ ކަަމަށް ބެލެވޭ ކަަމަށެވެ.

ގުރޫ ޑަޓް މަރުވެފައިވާއިރު، އޭނާއަކީ އެތައް ފިލްމެއް ގެނެސްދިން މޮޅު މީހެއްކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. އޭނާ ވަނީ އެކްޓަރެއްގެ ގޮތުގައި އާއި ކޮރިއޯކްރާފަރެއްގެ އިތުރުން، ލިޔުންތެރިއެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ.

އޭނާގެ ބައެއް ފިލްމްތަކަށް ބަލާއިރު، ޕްޔާސާ، ކާގާޒް ކޭ ޕޫލް، ޗައުދްވިން ކާ ޗާންދް، ސާހިބް ބިބީ އައުރް ގުލާމް ފަދަ ފިލްމްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު