ދެކުނު ކޮރެއާގެ ލަވަ ކިޔާ ބޭންޑެއް ކަމުގައިވާ ބީޓީއެސް ލަވައަކަށް ފަހު ކާމިޔާބު އެތައް ލަވަތަކެއް ދަނީ ނެރެމުންނެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ނެރުނު ''ޑައިނަމައިޓް'' އާއި މި އަހަރުގެ މެއި މަހު ނެރުނު ''ބަޓަރ'' އަށް ފަހު އިނގިރޭސި ބަހުން ކިޔާފައިވާ ތިންވަނަ ލަވަ ''ޕާމިޝަން ޓު ޑާންސް'' ލަވަ ނެރެފައިވަނީ އިއްޔެއެވެ.
ތަފާތު ހެދުންތަކެއް އަޅައިގެން ތިބި މި ހަތް ބައިވެރިން މި ލަވައިގައި ދައްކުވައިދެނީ މާސްކާ ނުލައި ކުރީގައި އުޅުނު ހިތްގައިމު ދުވަސްވަރެވެ.
މި ލަވަ ފެށެނީ ކުރީގެ ލަވަ ''ބަޓަރ'' އާއި ގުޅުވައިލައިގެންނެވެ. މާސްކު އަޅައިގެން ހުރި އެއަރ ހޮސްޓެސްއެއް ކުޑަދޮރުން ބޭރު ބަލަން ހުންނަނީ މައްޗަށް ބަޓަރ އަޅާފައިވާ ޕޭން ކޭކުތަކެއް ހިފައިގެންނެވެ.
އެއަށްފަހު ބީޓީއެސްގެ ކޮންމެ މެމްބަރެއް ވެސް ތަފާތު ތަނެއްގައި ދައްކުވައިދެއެވެ. އަދި އެމީހުންގެ ނެށުމާއި ލަވަކިޔުމުގެ މޮޅު ހުނަރު ދައްކުވައިދެއެވެ.
މި ލަވައިގައި ގެނެސްފައިވަނީ އެމީހުންގެ ހުރިހާ ވިސްނުންތަކެއް އެއް ފަރާތްކޮށް އައު ޕްލޭންތައް ހަދައިގެން ނަށަން ބޭނުންވާ ވާހަކައެވެ. އަދި އެއްވެސް މީހެއްގެ ހުއްދައެއް ނުހޯދައި އެ ހުރިހާ ވިސްނުންތަކަކުން އެއްފަރާތްވުމަށް ނަށާ ވާހަކައެވެ.
މި ލަވައިގައި ނެށުމާއި މަޖާ ކުރުމާއި ސުލްހައަށް ބޭނުންކުރާ އަތުގެ ހަރަކާތްތައް ދައްކުވައިދެއެވެ. މުޅި ލަވައިގައި ވެސް ދަނބު ކުލައިގެ ފުއްޕާހަން ދައްކުވައިދެއެވެ. ދަނބު ކުލައިގެ ފުއްޕާހަން ރަމްޒު ކޮށްދެނީ ކޮވިޑުގެ ކަންތައް ނިމުމަކަށް އަންނަ ކަމެވެ.
ބީޓީއެސްގެ ފަރާތުން ކޮވިޑުގެ ކަންތައް ނިމެން ބޭނުންވާ ކަމުގެ މެސެޖު މި ލަވައިން ފޯރުކޮށްދެއެވެ. ލަވައިގެ ނިމުން ގެނެސްފައިވަނީި ހުރިހާ މެމްބަރުން ވެސް ކެމެރާއާއި ދިމާއަށް މާސްކުތައް އެއްލާލާ މަންޒަރުންނެވެ.
މި ލަވަ ރިލީޒް ކޮށްފައިވަނީ ކޮމްޕެނީގެ އޮފިޝަލް ޔޫޓިއުބް ޗެނަލް ހައިބް ލޭބަލްސްގައެވެ.
💜💜💜
💜💜
ދަނބު ކުލައިގެ ފުއްޕާހަން ދައްކައިދެނީ ހަމައެކަނި އެޔެއް ނޫން. އެޔަކީ ބީޓީއެސް އާމީ ރަމްޒު ކޮށްދޭ އެއްޗެއް. ޕާޕަލް ކުލަ އަކީ ބީޓީއެސް އާމީ ގެ ހާއްސަ ކުލައެއް. އެ ބެލޫން ބޭނުން ކުރި ސަބަބަކީ ޖުލައި 9 (ޕާމިޝަން ޓު ޑާންސް ނެރުނު ދުވަސް )އެއީ ބީޓީއެސް ގެ ފޭންބޭސް އަށް އާމީ އެއްގެ ނަން ދެވުނު ދުވަސް. އެހެންވެ އެދުވަހަކީ އާމީ ޑޭ ގެ ގޮތުގައި އޮންނަ ދުވަހެއް. އެންޑް އެ ބެލޫން އިން ބީޓީއެސް ވީ ، ވީވާސް ގައި ބުނެފައިވާ "އައި ލެފްޓް އަ ޕާޕަލް ބެލޫން އިން ޔުއާ ޑްރީމް، ލުކް އަޕް" ވެސް ރަމްޒު ކޮށްދޭ. ސަބަބަކީ އަހަރެމެން އައި ލަވް ޔޫ ބުނާހެން ބީޓީއެސް އާއި އާމީސް އެކަކު އަނެކަކާއި ދިމާލަށް ބުނާނީ އައި ޕާޕަލް ޔޫ.
ދޭއާ އަން ސްޓޮޕެބަލް..