އާއްމުކޮށް ލޯބިވެރިންގެ ތެރޭގައި ކުރާ އެއްކަމަކީ ދެ މީހުން ދެ މީހުންްނަށް އެކި ކަހަލަ ހަދިޔާ ދީ ލޯބިވާކަން ސާބިތުކޮށްދިނުމެވެ. އެކި މީހުން އެކި ގޮތްގޮތަކަށް މިކަންތައްކޮށް އުޅޭއިރު، ތައިލެންޑަށް ނިސްބަތްވާ މި އަންހެން މީހާ މި ވަނީ އޭނާގެ ލޯބިވެރިޔާ ތަފާތު ހަދިޔާއެއް ދީފައެވެ.

އޭނާ ލޯބިވެރިޔާއަށް ދީފައި ވަނީ ފައިސާ ބޮކޭއެކެވެ. އާއްމުކޮށް އެހެން މީހުން މިގޮތަށް ދީ އުޅޭނީ މާ ބޮކޭ ނަމަވެސް، މި އަންހެން މީހާ ވަނީ އެކަން ތަފާތުކޮށްފައެވެ.

އެ ބޮކޭއަށް ބަލާލުމުން ހީވަނީ އެއީ މާ ހެންނެވެ. ނަމަވެސް އެއީ ތައިލެންޑްގެ ފައިސާ އެވެ. އޭނަދިން ފައިސާތަކުގެ އަދަދު 3200 ޑޮލަރަށް އަރައެވެ.

އެ އަންހެން މީހާ ބުނީ، އެ ފައިސާ ބޮކޭއަކީ އޭނާގެ އުފަންދުވަހަށާއި، ލޯބިވެރިންގެ ދުވަހަށް ހާއްސަކޮށް އޭނާއަށްދިން ހަދިޔާއެއް ކަމަށެވެ. އޭނާ އެގޮތަށް އެ ހަދިޔާ ދޭން ބޭނުންވީ ލޯބިވެރިޔާ ބޭނުންވަނީ ފިރިހެން ވަންތަ ހަދިޔާއެއްކަމުން އޭނާއަށް އެފަދަ އެއްޗެއް ނުގަނެވިދާނެ ތީއެވެ.

އެ އަންހެން މީހާ އޭނާގެ ލޯބިވެރިޔާއަށް އެ ބޮކޭ ދިން މަންޒަރު އެތައް ބަައެއްގެ ސަމާލުކަން އައެވެ. އެއީ ލޯބީގެ މިސާލެއް ފަދަ އަންހެނެއްކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު