ދުނިޔޭގެ އެންމެ ރީތި މަގުތަކުގެ ލިސްޓު މިހާރު ވަނީ އާއްމުކޮށްފައެެވެ. މީގެ ތެރޭގައި ހިމެނެނީ 15 މަގެކެވެ. އެ މަގުތައް ހަމަ ފުރިހަމަވެފައި ރީތީއެވެ.

އެެ މަގުތައް ފާހަގަކޮށްފައި ވަނީ ވިކިކޭމްޕާސް ނަމަކަށް ކިޔާ ވެބްސައިޓަކުންނެވެ.

އެ ވެބްސައިޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ހިދުމަތްތައް ދެމުން އަންނަ ވެބްސައިޓެކެވެ. އެ ވްބެސައިޓުން އާއްމު ކުރި އެންމެ ރީތި މަގަކީ ޕާކިސްތާންގެ ކަރޯކޮރަމް ހައިވޭ އެވެ. އެއީ ރޯޑް ޓްރިޕްއަކަށް އެންމެ ފުރިހަމަ އެއް މަގު ކަމަށް އެ ވެބްސައިޓުން ބުނެފައި ވެއެވެ.

އެ މަގުގެ ތަފްސީލު އާއްމު ކުރަމުން ބުނެފައި ވަނީ، އެއީ ދުނިޔޭގެ އެންމެ ވަރުގަދަ، އެންމެ ފުރިހަމަކޮށް ހަދާފައިވާ އެއް މަގު ކަމަށެވެ.

އަދި އެ މަގަކީ ޗައިނާއާ އާއި ޕާކިސްތާނާއި ގުޅުވައިދޭ މަގު ކަމަށް ބުނެފައިވާއިރު، އެ މަގުން ދަތުރުކުރާއިރު، ކަރަކޮރަމް ފަރުބަނދަ ހުރަސް ކުރާނެ ކަމަށާއި، އެ މަގަކީ 1300 ކިލޯމީޓަރުގެ ދިގު މަގެއް ކަމަށް ބުނެފައި ވެއެވެ.

އަދި އެ މަގުން ދަތުރުކުރާއިރު އެތައް ރީތި މަންޒަރުތަކެއް ފެންނާނެ ކަމަށް ބުނެފައި ވެއެވެ. އަދި ވަރަށް އަމާންކޮށް އަޮމާންކޮށް ހަދާފައިވާ މަގެއްގެ ގޮތުގައި އެ މަގު ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެ ވެބްސައިޓުން އާއްމުކޮށްފައިވާ ލިސްޓުގައި ދެން ހިމެނޭ މަގުތަކުގެ ތެރޭގައި ކެލިފޯނިއާގެ ދަ އެޓްލާންޓިކް މަގާއި، އިޓަލީގެ ދަ ކޮލް ޑޫ ސްޓެލްވިއޯ މަގާއި، މޮރޮކޯގެ ޑޭޑްސް ޖިއޯޖް މަގާއި، ސްޕެއިންގެ ޓީއެފް 36 އާއި ފްރާންސްގެ ދަ މިލާއު ވިއަޑަޓާއި ކެނެޑާގެ ދަ އައިސްފީލްޑް ޕްރޮމެނޭޑް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މާޖީދީމަގު އެޢީ 1 ވަނަ ހުރިހާގޮތަކުންވެސް

    10
  2. މ

    ޗައިނާ މީހުންގެ މޮޅު ކަން މިކަމުންވެސް ދޭހަ ކޮށްދޭ

    2
    2
  3. ކިޔުޓީ

    😂😂😂😂😂

  4. ޢަބްދުﷲރަޝީދު

    މަގުހެދުމަށް އެކަންޏެއްނޫން ހުރިހާކަމަކަށްވެސް ކުރީގައިއުޅޭނީ މުސްލިމު ޤައުމުތައް އިނަންޝާﷲ