ގޭގައި ކަންނެތްވެފައި އިނދެވޭ ހެއްޔެވެ؟ ހަށިގަނޑުގެ ދުޅަހެޔޮ ކަމަށްޓަކައި މަސައްކަތް ކުރެވޭ ހެއްޔެވެ؟ ހަމަ ޔަގީނުން ވެސް ކަސްރަތުކޮށް ދުޅަހެޔޮ ހަށިގަނޑެއް ބޭނުންވާ މީހުންނަށް މި ވީޑިއޯ ވާނީ ބޮޑު ހިތްވަރަކަށެވެ. ބޮލީވުޑްގެ މަޝްހޫރު ތަރި ބޫމީ ޕެޑްނަކަ މި ވީޑިއޯގައި އާންމުންނަށް ދިނީ ހިތްވަރެވެ. "ބަނބޫ ފޮރެސްޓެއް" ތެރޭގައި ބޫމީ ވަނީ ހުއްޓުމެއް ނެތި 950 ހަރުފަތުގެ ސިޑިން އަރައި ނަމޫނާ ދައްކައިފައެވެ.

އިންސްޓަގްރާމްގައި އާންމު ކުރި ވީޑިއޯއާ އެކު އެތައް ބައެއްގެ ތައުރީފް ބޫމީ އަށް ލިބުނެވެ. އަދި އެތައް ބައެއްގެ ތައުރީފް ވެސް ބޫމީ އަށް ލިބުނެވެ. ބައެއް މީހުން ބުނި ގޮތުގައި މިއީ "ވޯކްއައުޓް ގޯލްސް" ހާސިލް ކުރުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ ވީޑިއޯއެކެވެ.

ބައެއް މީހުން ބުނި ގޮތުގައި ސިޑިއެއްގެ 950 ހަރުފަތައް އެރުމަކީ މަދު މީހަކަށް ނޫނީ ނުކުރެވޭނެ ކަމެކެވެ. މިކަމުން ވެސް ބޫމީގެ ހަށިގަނޑުގެ ދުޅަހެޔޮކަމާއި ވަރުގަދަކަމާއި އޭނާއަކީ ފިޓް މީހެއް ކަން އެނގިގެން ގޮސްފައިވާ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޮލަޖީ އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ފްލައިޓަށް އަރަން ބޭނުން ކުރާ ސިޑިތަކުގެ ތެރެއިން ހަތަރު ސިޑިއަކަށް މިނެޓެއް ވަރު ކުރިން އަރައިފި ނަމަ، އެމީހެއްގެ ސިއްހީ ހާލަތު ރަނގަޅެވެ.

ޖުލައި 18، 1989 ގައި ދުނިޔެ އަށް އުފަންވި ބޫމީއަކީ ފިލްމް ފެއާ އެވޯޑްސް ފަދަ ތަފާތު އެކިއެކި އެވޯޑް ހަފްލާތަކުގައި ބައިވެރިވެ އެވޯޑް ވެސް ހޯދާފައިވާ ފަންނާނެކެވެ. އޭނާ އެންމެ ފުރަތަމަ ފެނުނީ "ދުމް ލަގާ ކީ ހައިޝާ" ނަމަކަށް ކިޔާ ފިލްމަކުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު