ލަވައިގެ ރަސްގެފާނު މައިކަލް ޖެކްސަންގެ ބައްޕަ ޖޯއަށް އަށް ކެންސަރ ޖެހި، ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ފާއިތުވި އަހަރުތަކުގައި ޖޯގެ ހާލު ވަރަށް ދެރަކަމަށް ރިޕޯޓްތަކުގައިވެއެވެ. 89 އަހަރުގެ ޖޯއަށް ޕެންކްރިއަޓިކް ކެންސަރ ޖެހިފައިވާ އިރު، މިހާރު އޭނާ ހުރީ ކެންސަރުގެ ފަހު ސްޓޭޖްގައެވެ.

ޖޯގެ އާއީލާ މީހުން އޭނާއާ ބައްދަލު ކުރުމަށް ހޮސްޕިޓަލަށް ޒިޔާރަތް ކޮށްފައިވާއިރު ޑެއިލީ މޭލްއިން ރިޕޯޓް ކުރާ ގޮތުގައި އާއިލާ ބައެއް މީހުން ޖޯއަށް ޒިޔާރަތް ކުރުމަށް އޭނާ ބަލަހައްޓާ ފަރާތްތަކުން ދަނީ ހުރަސް އަޅަމުންނެވެ.

ލަވަކިޔުންތެރިޔާ ޖެނެޓް ޖެކްސަންއަކީ ވެސް އެ އާއިލާ މީހެކެވެ. އޭނާއަށް ވެސް ދާއިރާ ދަސްކޮށްދީފައިވަނީ ބައްޕަ ޖޯއެވެ. އިއްޔެ ބޭއްވި މި އަހަރުގެ ޑިޒްނީ މިއިޒިކް އެވޯޑްސްގައި އިމްޕެކްޓް އެވޯޑް ލިބުނު ޖެނެޓްވަނީ އޭނާގެ ކާމިޔާބީއަށް ބައްޕައަށް ޝުކުރު އަދާކޮށްފައެވެ.

މީގެ ކުރިން ކާރު އެކްސިޑެންޓެއްވެ، ޖޯއަށް ވަނީ އަނިޔާތަކެއް ލިބިފައެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އާއިލާއިން ހާމަކޮށްފައެއް ނުވެއެވެ.

ޖޯ މަރާއި ހަނގުރާމަ ކުރަމުން ދާއިރު ދަރިފުޅު މައިކަލް ޖެކްސަން ވަނީ 2009 ވަނަ އަހަރު މަރުވެފައެވެ. މައިކަލް މަރުވީ ވަރަށް ގިނަ ދުވަސްތަކެއް ފަހުން "ދިސް އިޒް އިޓް" ގެ ނަމުގައި ކޮންސެޓަކަށް ނިކުންނަން ތައްޔާރުވަމުން ދަނިކޮށެވެ.

އޭނާގެ މަރާ ގުޅިގެން ފަހުން ވަނީ، ކޮންސެޓަށް ވަމުން ދިޔަ ތައްޔާރީތަކުގެ ވީޑިއޯ ފުޓޭޖްތަކާ އެކު "މައިކަލް ޖެކްސަން ދިސް އިޒް އިޓް" ގެ ނަމުގައި ފިލްމެއް ގެނެސް ދީފަ އެވެ.