ބިގްބޮސް އިން މަޝްހޫރުވި ތަރި ޝެހެނާޒް ގިލް ހިކުނު ގޮތުގެ ވާހަކަ އަކީ މުޅި މީޑިއާގައި މަޝްހޫރު ވާހަކައެކެވެ. ޝެހެނާޒް ވަނީ ބަރުދަނުން 12 ކިލޯ ލުއިކޮށްލައިފައެވެ. ފޭނުން ވަނީ އޭނާ ހިކުނު ގޮތެއް ހޯދަން ކެތްމަދުވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޝެހެނާޒް ހިކުނީ ވަރަށް ބޮޑަށް ޑައިޓްކޮށްގެންނެވެ. އަދި އޭނާ ހިކުނީ އެކްޓަރެއްގެ ހައިސިއްޔަތުން އޭނާ ހުންނަ ގޮތް މުހިންމުވުމުން ކަމަށް ވެސް ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ.

ދާދިފަހުން ބޭއްވި ލައިވް ސެޝަންއެއްގައި ޝެހެނާޒް ވަނީ އޭނާގެ ހަށިގަނޑަށް އެހާ ބޮޑު ބަދަލެއް ގެނެސް ހިކެން ނިންމި ސަބަބު ހާމަކޮށްފައެވެ. މިހާރު ޝެހެނާޒްއަކީ ބިގްބޮސްގައި ފެނުނު ޝެހެނާޒް އެއް ނޫނެވެ.

ޔޫޓިއުބްގައި ފޭނުންނާއެކު ކުރިއަށް ގެންދިޔަ ލައިވް ސެޝަންއެއްގައި ޝެހެނާޒް ވަނީ ބިގްބޮސްގައި އޭނާ ފަލަވުމުން އުނދަގޫވި ކަމަށް ބުނެފައެވެ. އެކަމާ މެދު އޭނާ އާ ދިމާކުރާ ކަމަށާއި މަސައްކަތަށް ވެސް އޭގެ އަސަރުކުރާ ކަމަށް ޝެހެނާޒް ބުންޏެވެ. ޝެހެނާޒް ވަނީ ބިގްބޮސް އަށް ފަހު ވަރަށް ގިނަ ހިޓް ވީޑިއޯތަކެއް ކުޅެފައެވެ.

" ކުރިން ވެސް ފަހުން ވެސް މިއީ ހަމަ ޝެހެނާޒް. އޭރުވެސް މިހާރު ވެސް އަހަންނަށް އަހަރެން ރީތި ވަރަށް ގިނަ މީހުން ބުނޭ ކުރިން މާ ރީއްޗޭ. ފަލަވާކަށް އުނދަގުލެއް ނޫން. އެހެން ވެދާނެ ކާން ފަށާއިރަށް." ޝެހެނާޒް ބުންޏެވެ.

ޝެހެނާޒް ވަނީ ބޮލީވުޑްގައި ވަކި ގޮތަކަށް އާޓިސްޓުން ތިބެން މަޖުބޫރުކުރާތީ އެކަމަށް ވެސް ފާޑު ކިޔައިފައެވެ. އަދި ވަކި ވައްތަރެއްގެ ހަށިގަނޑެއް ނޫނީ ބަލައިނުގަންނާތީ އެކަމަށް ވެސް ފާޑު ކިއެވެ.

ޝެހެނާޒް ވަނީ އޭނާ ހިކުނީ ހަމައެކަނި ޑައިޓްކޮށްގެން ކަން ހާމަކޮށްފައެވެ. އަދި މާބޮޑަށް ކަސްރަތު ނުކުރާ ކަމަށް އޭނާ ބުންޏެވެ. އޭނާ ވަނީ ހިކެން ބޭނުން ނަމަ ބަނޑުހައި ވިޔަސް ގިނައިން ނުކާން އިރުޝާދު ދީފައެވެ. އަދި ކޮންމެ ކެއުމެއްގައި ވެސް ދެ ރޮށްޓަށް ވުރެ ގިނައިން ނުކެއުމަށް އޭނާ ނަސޭހަތްތެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަސްލު

    ވ. ރީތި.. މާޝާﷲ..

    1
    2
  2. އަންނި

    އެއީ މަވެސް ބުނާ ވާހަކައެއް. ހިކެން ބޭނުމިއްޔާ ކެއުމަށް ކެތްތެރިވާށޭ. ކޮންމެހެން ކަސްރަތު ނުކުރިއަސް ހިކޭނޭ. ދުވާލަކު 4އިރު ކޮންމެ އިރަކު ކަޅުސައިތަށްޓަކާ ފާރޮށިޖޯޑެއް 1ހަފްތާ ވަންދެން ބޭނުން ކޮށްބަލަ 3ކިލޯ ލުއިވާނެ. ފެންވަރިހަމަ ކިތަންމެ ގިނައިން ބުޔަސް.