ބަވަނަ ވަމުންދާ ދުނިޔޭގައި ޓެކްނޮލޮޖީ ދަނީ ކުރިއަރަމުންނެވެ. ޚާއްސަކޮށް ނެޓްވޯކާއި ފޯނު، އައިޕެޑްގެ އިތުރުން އިންޓަނެޓް ފަދަ ތަކެތި އިތުރަށް ހަރުދަނާ ކުރަން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޖަޕާނުގެ ނޭޝަނަލް އިންސްޓިޓީއުޓް އޮފް އިންފޮމޭޝަން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އެންއައިސީޓީ) އިން ވަނީ އިންޓަނެޓްގެ ސްޕީޑްގެ އާ ރިކޯޑެއް ގާއިމްކޮށްފައެވެ. އެއީ 319 ޓީބީޕީއެސް އާ އެކުގައެވެ. މީގެ ކުރިން އިންޓަނެޓް ސްޕީޑުގެ ރިކޯޑަކީ 179 ޓީބީޕީއެސްއެވެ. އެ ރިކޯޑް ގާއިމްކުރީ އިނގިރޭސިވިލާތާއި ޖަޕާނުގެ ރިސަޗަރުންތަކެއް ގުޅިގެން 2020 ވަނަ އަހަރެވެ.

ޖަޕާނުގެ އެންއައިސީޓީ އިން ވަނީ ވާޗުއަލްކޮށް ޕައިޕްލައިންގެ ހުރިހާ ސްޓޭޖެއް އަޕްގްރޭޑްކޮށްފައެވެ. އަދި ފައިބަ އޮޕްޓިކް ލައިންގައި އެއް ކޯގެ ބަދަލުގައި ހަތަރު ކޯ ވަނީ ހިމަނާފައެވެ. އަދި ރިސަޗަރުން ވަނީ 552 ޗެނެލް ކޮބް ލޭޒަތަކެއް ބޭނުންކޮށްފައެވެ. ސިގްނަލް އާއި ކޮލިޓީ ނުގެއްލޭ ގޮތަށް 1864 މޭލަށް ޑާޓާ ޓްރާންސްފަ ކުރުމުގައި ރީސަޗަރުން ވަނީ ކާމިޔާބު ހޯދައިފައެވެ.

މި ރިސަޗްތަކާއެކު ރަނގަޅު ބަދަލެއް އިންޓަނެޓްގެ ދުނިޔެ އަށް އަންނާނެ ކަމަށް ބެލެވެއެވެ. ފޯކޯ ފައިބައަކީ މިހާރު ހުރި ނެޓްވޯކްތަކުގައި ވެސް ބޭނުން ކުރެވޭ އެއްޗަކަށް ވީ ނަމަވެސް މިއީ އަގު ބޮޑު ނިޒާމެކެވެ. އެހެންކަމުން މިފަދަ ޕްރޮޖެކްޓްތައް ފެންނާނެ ކަމަށް ބެލެވެނީ ހައި އިންޓަނެޓް ސްޕީޑު ބޭނުންވާ ސިނާއަތްތަކަށް އެކަނި ޚާއްސަވެގެންނެވެ.

ނަމަވެސް އިންޓަނެޓްގެ ސްޕީޑު އާއްމުންނަށް ފޯރުކޮށްދޭ ގޮތަށް ވެސް މި ކުރިއެރުމާއެކު ބަދަލު އަންނާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަލިންތަކީ

    ކޮންތާކު! ރޯ ދޮގެއް. މިދުނިޔޭގަ އެންމެ ފާސްޓު އަދި އެންމެ އަގު ހެޔޮ އިންޓަނެޓު ހުރީ ދިވެހިރާއްޖޭގަ. ވަކިން ހާއްސަކޮށް ދިރާގުގަ. ކީކޭ ބުނަނީ؟