އުފެދުމުގައި ހުންނަ އުނިކަމެއްގެ ސަބަބުން ނުވަތަ އެހެންވެސް ކަމެއްގެ ސަބަބުން އިންސާނުންގެ އާންމު ސިފަތަކާ ތަފާތު މީހުންނަކީ ގިނަ މީހުންގެ ނަޒަރުގައި "ހުތުރު" ބައެކެވެ. ދުނިޔެއަށް އަންނަ ތަހުޒީބާ އެކުވެސް މިފަދަ ވިސްނުން ގެންގުޅެމުން އަންނަ އެތައް ބަޔަކު އެބަ ތިއްބެވެ.

ކަން މިހެން އޮތް ނަމަވެސް އުފެދުމުގައި ހުރި އުނިކަމެއްގެ ސަބަބުން ހިޔާލީ "ޕަރީ"އެއްގެ ސިފަ ހުންނަ ރީތި ކުއްޖަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ރަޝިއާގެ ޗެންޗިއަން ރިޕަބްލިކަށް އުފަން އުމުރުން އެންމެ 11 އަހަރުގެ އައިމިނާ ނަމަކަށް ކިޔާ މި ކުއްޖާއަކީ މަދު ބަޔަކު އުފަންވާ އިރު ހުންނަ މައްސަލައެއް ކަމުގައިވާ "އަލްބީނިސަމް" ހުންނަ ކުއްޖެކެވެ.

އަލްބީނިސަމްއަކީ ހަށިގަނޑުގައިިވާ ޖީންތަކުގެ ތެރޭގައި އިިންސާނުންގެ ހަމާއި އިސްތަށީގެ ޖައްސައިދޭ ޖީން މަދުވުމަށް ކިޔާ ނަމެކެެވެ. މި ބަލި ހުންނަ މީހުންނަށް މިކަމުގެ ސަބަބުން މާ ގިނަ ސިއްހީ އެހެން މައްސަލަތަކެއް ދިމާނުވި ނަމަވެސް އެމީހުންގެ ހަމާއި އިސްތަށި ހުންނާނީ ހުދު ކުލައަށެވެެ.

އެކުއްޖާގެ ހަމާއި އިސްތަށިިގަނޑުގައި ހުދުކުލަ ހުންނަ އިރު ދެން އެންމެ ގިނަ ބައެއްގެ ސަމާލުުކަން ހުއްޓިފައި ވަނީ އޭނާގެ ދެލޮލަށެވެ. މިއީވެސް ވަރަށް މަދު ބައެއްގެ ކިބައިގައި ހުންނަ ތަފާތު ކަމެކެވެ. އައިމިނާގެ އެއްލޯ ގަދަ ރަންކުލައަށް ހުންނަ އިރު އަނެއް ލޯ ހުންނަނީ ނޫކުލައަށެވެ.

ގިނަ ބައެއްގެ ސަމާލުކަން އެކުއްޖާގެ ރީތިކަމަށް ހުއްޓިފައިވާއިރު މީހުން ބުނާ ގޮތުގައި އެކުއްޖާ އަކީ މޮޑެލްކުރުމާއިި ފެޝަނުގެ ދާއިރާއިިން އަލި މުސްތަގުބަލެއް އޮތް ކުއްޖެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަލީ

    ފަތްމިންޏެއް ދޯ

  2. ރަނާ

    މާޝާﷲ❤

    15