ބަރަހަނާ ވީޑިއޯ އުފައްދާ ކަމުގެ ތުހުމަތުގަައި ހައްޔަރުކުރި ބޮލީވުޑްގެ ފިލްމީ ތަރި ޝިލްޕާ ޝެޓީގެ ފިރިމީހާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ރާޖް ކުންދްރާ އަކީ ކުށްވެރިއެއް ނޫން ކަމަށް ޝިލްޕާ ބުނެފިއެވެ.

މުމްބާއީ ކްރައިމް ބްރާންޗުން ނެރުނު ބަޔާނެއްގައި ބުނީ ރާޖް ކުންދްރާ ހައްޔަރު ކުރީ ބަރަހަނާ ފިލްމުތައް އުފެއްދުމާއި އެޕްލިކޭޝަންތަކުގައި ޕަބްލިޝްކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވިގެން ކަމަށެވެ. އަދި ރާޖް ކުންދްރާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބޭނުންވާ ހެކިތައްވެސް ފުލުހުންގެ އަތުގައި ހުރިހަކަމަށް ފުލުހުން ބުނެފައި ވެއެވެ.

އޭނާ ހައްޔަރު ކުރި މައްސަލައާއި ގުޅިގެން ޝިލްޕާ ބުނީ، “ހޮޓްޝޮޓް” މެދުވެރިކޮށް އޭނާގެ ފިރިމީހާ ކުޅެފައިވާ ވީޑިއޯތަކެއް ހުރިކަން ނޭނގޭ ކަމަށާއި އެކަން ކޮށްފައިވަނީ ކުންދްރާގެ ބޭބެ ޕްރަދީޕް ބަކްޝީ ކަމަށެވެ. އަދި ފިރިމީހާއަކީ ކުށްވެރިއެއް ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ ވަނީ ބަރަހަނާ ފިލްމުތަކާއި އެކަމަށް ދާ ވައްތަރުގެ ފިލްމްތަކުގެ ހުރި ތަފާތު ވެސް ކިޔާދީފައެވެ.

މިހަފްތާގެ ތެރޭގައި ޝިލްޕާގެ ފިރިމީހާ ހައްޔަރު ކޮށްފައިވާއިރު، މިހާރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުން މި މަހުގެ 27 ވަނަ ދުވަހު އޮންނާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ރާޖް ކުންދްރާގެ މައްޗަށް މީގެކުރިން ވެސް އަންހެނެއްގެ ނަންބަރު އެޕްލިކޭޝްންތަކުގައި ލީކު ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިއެވެ. އެ މައްސަލަ ފުލުހަށް ހުށައަޅާފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއްރީ މަހު އެކްޓަރު ޕޫނަމް ޕާންޑޭއެވެ.

މި މައްސަލަ ފެންމަތިވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ރާޖް ކުންދްރާ އަށް އަމާޒުވެފައިވާއިރު ޝިލްޕާގެ ފަރާތުން މިއަށް އެއްވެސް ރައްދެއް ދީފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    ޝިލްޕާ އަކަށް އޭނާއާ ދެކޮޅަށް އެއްޗެއް ބުނާކަށް ނުކެރޭނެ ! އޭނަ ކަލޭ ވަރިކޮށްފިއްޔާ ތިޔަ މުއްސަދިކަން ގެއްލޭނެ ! ކަލޭމެނަކީ ހަމައެކަނި ފައިސާގެ ވަށައިގެން އެބުރޭބައެއް !

    4
    1