ކަރާ އަކީ މޭވާތަކުގެ ތެރެއިން ދިވެނިންނަށް ވަރަށް ކަމުދާ އެކައްޗެވެ. ހާއްސަކޮށް ރޯދަމަހު ފަނިގިރުމަށް ކަރާ ބޭނުންކުރާއިރު ކަރާ ހައްދާ ރަށްތައްވެސް ރާއްޖޭގައި ވަރަށް ގިނަކަން ފާހަގަ ކުރެވެއެވެ. ދިވެހިންގެ ތެރޭގައި ކަރާ އާންމު އެއްޗަކަށްވާއިރު ކަރާއިން ކުރެވޭ ގިނަ ބޭނުންތައް ހުރެއެވެ. އެގޮތުން ކަރާ އޮށަކީ ކިޑްނީ އިން ހިލަނައްޓަން އެހީވެދޭ އެކައްޗެވެ.

ކަރާ އޮށުން ފެން ހަދައި ބުއިމުން ކިޑްނީގައި އުފެދޭ ހިލަތައް ނައްތާލުމަށް އެހީވެދެއެވެ.

ބޭނުންވާ ތަކެތި:

2 މޭޒުމަތީ ސަމުސާ ކަރާއޮށް

1 ލިޓަރު ފެން

2 ލޮނުމިދު

މި ބުއިން ތައްޔާރުކުރާނެ ގޮތް:

ކަރާއޮށް މިކްސްޓަރަށް އަޅައި މުގުރާލާށެވެ. ދެން ކެކެންދެން ހޫނުކުރުމަށްފަހު ކަރާއޮށް އަދި ޗިސްކޮށްލާފައި އޮތް ދެ ލޮނުމިދު ހޫނުފެނަށް އަޅައި ކައްކާށެވެ.

ކަރާއޮތް ފެން ކެކުމުން އުނދުން ނިއްވާލުމަށްފަހު 40 މިނިޓްވަންދެން ފިނިކުރަން ބަހައްޓާށެވެ. މި ބުއިން ތައްޔާރުކޮށް ދުވާލަކު 200 އެމްއެލްގެ ފެން ބޯށެވެ.

ކަރާއޮށުން ހަށިގަނޑަށް ލިބޭ ފައިދާތަކުގެ ތެރޭގައި ލޭ ދައުރުކުރުން ފަސޭހަކޮށްދެއެވެ. އަދި ކުޑަކަމުދިއުމުގެ ނިޒާމުގެ ބަލިޖެހުމުން ދުރުކޮށްދެއެވެ. އިސްތަށިގަނޑުގެ އޮފްކަން ދަމަހައްޓަންވެސް ކޮރާއޮށަކީ ވަރަށް ރަނގަޅު އެއްޗެކެވެ.

ކަރާއޮށަކީ ނިއުޓްރިއެންޓްސް ގިނައިން ލިއްބައިދޭ އެއްޗެކެވެ. ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް މިއީ ވަރަށް ރަނގަޅު އެއްޗެކެވެ.

ބައެއް ފަރާތްތަކުން ކަރާ އޮތް ބުއިމުގުގައި އިތުރު އުކުޅެއްވެސް ބޭނުންކުރެއެވެ. އެގޮތުން ކަރާއޮތް ރޭގަނޑު ފެނަށްލުމަށްފަހު ހެނދުނު ވުމުން ބުއިމާއި ކަރާއޮތް ހިތްކައިގެން އޯޓްސް އާއިއެކު ކެއުމުން ކަރާއޮށުން މި ފައިދާތައް ލިއްބައިދެއެވެ.