މަގުމަތީގައި އުޅޭ ހަރުފަ ފަދަ އެއްޗެހި އުޅޭ ގޮތް ބަލާ މީހުން އުޅެއެވެ. އެފަދަ އެއްޗެހީގެ ވީޑިއޯތަކާއި ފޮޓޯތައް މީސް މީޑިއާގައި ހިއްސާ ކުރާ މީހުންވެސް އުޅެއެވެ.

މިއީވެސް އެފަދަ ވީޑިއޯއެކެެވެ. ފޮޓޯގްރާފަރެއްގެ ކެމެރާ އަމާޒުވީ ދެ ބޯހުރި ހަރުފައެއް އެއްޗެއް ކާލަން އިންނަ ތަނެވެ.

އެ ވީޑިއޯ ހިއްސާކޮށްފައި ވަނީ، އެމެރިކާއަށް ނިސްބަތްވާ ކޮންޓެންޓް އުފެއްދުންތެރިޔާ ބްރިއާން ބާރޒިކް އެވެ. އޭނާ ހިއްސާ ކުރި އަޖައިބުވާވަރުގެ އެ ވީޑިއޯއިން ފެނިގެން ދަނީ އެ ހަރުފަ ދެ މީދާ ކާލާ ތަނެވެ.

އެ ވީޑިއޯއިން ވަރަށް ރަނގަޅަށް އެ ހަރުފަ އެ ދެ މީދާ ކާލާ މަންޒަރު ވަރަށް ރީއްޗަށް ފެންނައިރު، އޭތީ އެއްކޮށް އަނގަޔަށް ވައްދާ މަންޒަރު ވަރަށް ރީއްޗަށް ފެނިގެން ދެއެވެ. މިއީ މިފަދަ ވީޑިއޯތައް ބެލުމަށް ޝައުުގުވެރިކަން ހުންނަ މީހުންނަށް އެންމެ ރަނގަޅު އެއް ވީޑިއޯއަށް ވާނެއެވެ.


އެ ވީޑިއޯ ބަލި ބައެއް މީހުން ކޮމެންޓްކޮށްފައިވާގޮތުގައި، މިއީ އެ މީހުން ހައިރާންވާރުގެ ވީޑިއޯއެކެވެ.

ކިޔުންތެރިންގެ ހިޔާލު