މިއާ ޚަލީފާއާއި ރޮބާޓް ސެންޑްބާގްގެ ދެ އަހަރުވީ ކައިވެނި ނިމުމަކަށް އައި ނަމަވެސް، މަރުހަބާ ކިޔުމަށް މިއާ ޙަލީފާ އެދިއްޖެއެވެ.

މިއާ ޚަލީފާ ބުނެފައިވަނީ އެދެމީހުންގެ ކައިވެނި ނިމުމަކަށް އައިސްފައިވަނީ ދެމީހުންގެ ހުރި ތަފާތު ކަމެއްގެ ސަބަބުން ކަމަށާއި އެކަން ނިމުނީ ވަކި މީހެއްގެ ސަބަބަކުން ނޫން ކަމަށެވެ.

މިއާ ޚަލީފާއާއި ރޮބާޓްގެ ދެ އަހަރުވީ ކައިވެނި ނިމުމަކަށް އައިކަން ހިއްސާކުރުމަށް ކުރި ޕޯސްޓެއްގައި އޭނާ ވަނީ އެހެން މީހުންނަށް ވެސް މެސެޖެއް ދީފައެވެ.

''މި ކައިވެނި ދެމެހެއްޓުމަށް ވަރަށް މަސައްކަތް ކުރެވުނުކަން ޔަގީންކަމާއިއެކު ބުނެވޭނެ. ނަމަވެސް އަހަރެއް ވަންދެން ކުރި މަސައްކަތާއި ނެގި ތެރަޕީގެ ސަބަބުން ވެސް ދެމީހުން ވަކިވާން މި ޖެހުނީ. ދެމީހުން ވަކިވި ނަމަވެސް މުޅި އުމުރު ދުވަހުގެ ރަހުމަތްތެރިކަމާއި އެކު ވަކިވީ. އެހެންވީމާ އަހަރެމެން ދެމީހުން ވެސް އެކަކު އަނެކަކަށް ވަރަށް އިހުތިރާމް ކުރަން'' މިއާ ޚަލީފާ އާއްމުކުރި ޕޯސްޓުގައި އޭނާ ބުނެފައިވެއެވެ.

އޭގެ ފަހުން އޭނާ ކުރި ޓުވިޓެއްގައި ބުނެފައިވަނީ މީހަކު ވަރިވުމުން ސިމްޕަތީ ވުމުގެ ބަދަލުގައި މަރުހަބާ ކިޔުން ރަނގަޅު ކަމަށެވެ.

އޭނާ ބުނީ ދިރިއުޅުމުގެ އެ ބާބު ނިންމާލާ މުޅިން އައު ބާބެއް އެ ފަށަނީ އެއްވެސް ރުޅިވެރިކަމެއް ހިތުގައި ނެތި ކަމަށެވެ. ނަމަވެސް ދެ އާއިލާގެ ދެމެދުގައި ކުރިން ވެސް އޮތް ރަހުމަތްތެރިކަން އޮންނާނެ ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޓޯ

    އަހަރެމެނަށް ކީއް..

    4
    1
  2. ެެއީވާ ނޯޓީ

    ޢަގަލު ކުޑަ އަންހެނެއް މީވެސް...ދީނުގެ ހަ ރާން ކަންތައް ކު ރަމުން...މައިންބަފައިން ކިހިނެއް ބޮޑުކޮއްފަތަ؟

    6
    1