ލުބުނާންގެ ވެރިރަށް ބެއިރޫތުގައި މިދިޔަ މަހު ހިނގި ބާރުގަދަ ގޮވުމުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ލަވަކިޔުންތެރިޔާ ޝަކީރާ އެކަށީގެންވާ މިންވަރާއި ގާތައް ވެސް މަސައްކަތް ނުކުރާކަމަށް ބުނެ މިއާ ޚަލީފާ ޝަކީރާއަށް ފާޑުކިޔަމުން އެބަގެންދެއެވެ. އެފާޑުކިޔުންތަކަށް ޝަކީރާ މިހާރު ވަނީ ރައްދު ވެސް ދީފައެވެ.

ޝަކީރާގެ އާއިލާ ގުޅިފައި ވަނީ ލުބުނާނާއެވެ. ޝަކީރާގެ މާމަ އާއި ކާފައަކީ ލުބުނާނުން އެމެރިކާ އަށް ހިޖުރަކުރި ބައެކެވެ. ޝަކީރާގެ ބައްޕަ އަކީ އެމެރިކާ އިން ކޮލަމްބިއާ އަށް ހިޖުރަކުރި މީހެކެވެ. ޝަކީރާ އުފަންވެ އަދި އުޅެ ބޮޑުވީ ވެސް ކޮލަމްބިއާގައެވެ.

މިއާ ޚަލީފާ އިންސްޓްގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ "އެއްބައި ލުބުނާން ކަމަށް ބުނާ މީހުން" ލުބުނާނަށް ކަމެއް ދިމާވި ދުވަހު ނުފެނުނު ކަމަށެވެ. އަދި އޭގެ ފަހުން މިއާ ޚަލީފާ ވަނީ ޝަކީރާގެ ނަން ފާހަގަކޮށް ޝަކީރާގެ ފަރާތުން ލުބުނާނަށް އެހީއެއް ނުލިބޭކަން ވެސް ފާހަގަ ކޮށްފައެވެ.

މިއާ ޚަލީފާގެ ފާޑުކިޔުންތަކާއި ގުޅިގެން ޝަކީރާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާ ލުބުނާންގެ ޑިޒައިނަރަކާއި ގުޅިގެން ޓީޝާޓް ވިއްކުމުގެ ކެމްޕޭނެއް ކުރިއަށް ގެންދާކަން ހާމަކޮށްފައެވެ. އެކެމްޕޭނުން ލިބޭ ފައިސާ ލުބުނާންގެ ރެޑްކްރޮސެންޓަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

https://www.instagram.com/p/CEZx2_mqZZK/

މިއާ ޚަލީފާ ވަނީ އޭނާގެ އައިނެއް ނީލަން ކިޔައިގެން އެއްލައްކަ ޑޮލަރު މިހާރު ވެސް ލުބުނާންގެ ރެޑްކްރޮސެންޓަށް ހަދިޔާ ކޮށްފައެވެ. އަދި އޭނާ މިހާރު ވެސް ގެންދަނީ ލުބުނާންގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް އިތުރު ގިނަ ހަރަކާތްތަކެއް ވެސް ހިންގަމުންނެވެ.