މިދިޔަ އަހަރުގައި ލޯބިވެރިޔާ ދޫކޮށްލުމުން ހުސް ހަށިބައި ވެފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ ސަމާލުކަން ހޯދުމަށް ހޮލީވުޑްގެ ކާމިޔާބު ބަތަލު ޓޮމް ކްރޫޒް ކުރަމުންދާ މަސައްކަތް ހުއްޓުމަކަށް ގެނައުމަށް ޝަކީރާ އާދޭސްކުރާ ކަމުގެ ޚަބަރުތައް ބޭރުގެ މީޑިއާތަކުން ފަތުރަން ފަށައިފިއެވެ.

އިތުބާރު ހުރި މަސްދަރަކުން "ދަ ޑެއިލީ މެއިލް"އަށް ރިޕޯޓްކޮށްފައިވާ ގޮތުގައި ޝަކީރާ ބޭނުންވަނީ މިވަގުތު އައު ލޯބީގެ ގުޅުމަކަށްވުރެ ބޮޑަށް އޭނާގެ ދަރިންގެ މުސްތަޤްބަލަށް ވިސްނާ، އެފަދަ ކަމަކުން ދުރުހެލިވެގެން ހުރުމަށެވެ.

ޝަކީރާއާއި ޓޮމް އެކަކު އަނެކަކާއި ފޯމިއުލާ 1 މަޔާމީ ގްރޭންޑް ޕްރިކްސްގައި ދިމާވެފައިވާ ފޮޓޯއެއް މީޑިއާގައި ދައުރުވެފައިވާއިރު، ޝަކީރާއާއި އޭނާގެ ކުދިންގެ ބައްޕަ ކަމުގައިވާ ކުރީގެ ސްޕެއިން ޤައުމީ ފުޓްބޯޅަ ޓީމްގެ ޖެރާޑް ޕީކޭ ދަނީ އެ ދެމީހުންގެ ގުޅުން ނިމުމަކަށް އައި ފަހުން އެކަމާއި އެކަކު އަނެކަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަދިވެސް ބަހުގެ ހަމަލާ ބަދަލުކުރަމުންނެވެ.

މި ހިނގަމުންދާ މަހުގައި އެމެރިކާގެ ފްލޮރީޑާގައި ބޭއްވުނު އެ ހަރަކާތުން ދިމާވުމަށްފަހު ޓޮމް ވަނީ ޝަކީރާއަށް މާ ބޮނޑިއެއްވެސް ހަދިޔާކޮށްފައެވެ. ބޭރުގެ ޚަބަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދެމީހުން ޕްރައިވެޓް ހޮސްޕިޓާލިޓީ ސޫޓްއެއްގައި ވާހަކަދައްކަން ތިބި މަންޒަރުވެސް ފެނިފައިވެއެވެ.

"ޕޭޖް 6" އަށް މައުލޫމާތު ދީފައިވާ މީހަކު ބުނިގޮތުގައި އުމުރުން 60 އަހަރުގެ ޓޮމް މިހާރު ބޭނުންވަނީ އުމުރުން 46 އަހަރުގެ ޝަކީރާއާއި ގުޅޭށެވެ.

މިދިޔަ އަހަރުގައި ޝަކީރާއަށްވުރެ އުމުރުން ހަގު 36 އަހަރުގެ ލޯބިވެރިޔާ ވަނީ އޭނާއާއި ރުޅިވީ ވާހަކަ ސަޕޯޓަރުންނާއި ހިއްސާކޮށްފައެވެ. އޭގެ ފަހުން، ޕީކޭ ވަނީ 24 އަހަރުގެ އަންހެނަކާއި ލޯބީގެ ގޮތުން ގުޅިފައިވާ ވާހަކަވެސް އާންމުކޮށްފައެވެ.