މިއާ ޚަލީފާ އޭނާގެ ކުއްތާ ގޮވައިގެން ބޭރަށް ނިކުމެ އުޅުމުގެ ތެރޭގައި މަގުމައްޗަށް ކުއްތާގެ ނަޖިސް އެޅުމުން، އޭނާ އަޅައިގެން ހުރި މާސްކުން ނަޖިސް ނަގައި ޑަސްބިނަށް ލުމަށް ފަހު އަލުން އެ މާސްކު އަޅައިފިއެވެ.

މި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. މި ވީޑިއޯ ކޮށްފައިވަނީ ރެކޯޑް ޕްރޮޑިއުސަރެއް ކަމަށްވާ ބެނީ ބެލެންކޯއެވެ.

480،000އަށް ވުރެ ގިނަ މީހުން ފޮލޯކުރާ ބެނީގެ އެކައުންޓުގައި މި ވީޑިއޯ ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ މިއާ ޚަލީފާ އޭނާގެ މޫނުގައި ނަޖިސް އުނގުޅިތަން ދެންމެ ބެނީއަށް ފެނިއްޖެ ކަމަށެވެ. މި ވީޑިއޯ ވަނީ 8.3 މިލިއަން މީހުން ބަލައިފައެވެ.

މި ވީޑިއޯގައި ފެންނަނީ މިއާ ޚަލީފާ އޭނާގެ ކުއްތާ ޕޫޗްސްއާއި އެކު މަގުމަތީގައި ހުންނަ މަންޒަރެވެ. އަދި ކުއްތާގެ ނަޖިސް ފެނުމުން މަގުގެ ދެކޮޅު ބަލައިލާފައި އޭނާ އަޅައިގެން ހުރި މާސްކު ނެގުމަށްފަހު، އެ މާސްކުން ކުއްތާގެ ނަޖިސް ނަގައި ޑަސްބިނަށްލައެވެ. އޭގެފަހުން މަގުގެ ދެކޮޅަށް ބަލައިލުމަށްފަހު އެ މާސްކު އަނެއް ފަރާތަށް އަނބުރާލުމަށްފަހު އަނެއްކާ ވެސް އެ މާސްކު އަޅައި މަންޒަރެވެ.

މީގައި އަޖައިބު ކުރުވަނިވި ކަމަކީ މިއާ ޚަލީފާ ވަނީ މިކަމަށް އެއްބަސްވެ އޭނާގެ އިންސްޓަގުރާމު އެކައުންޓުގައި އެ ވާހަކަ ދައްކާފައެވެ.

''ތެދަށް ބުނާ ނަމަ އަހަރެން މި ކަމަށް ވުރެ ލަދުގަންނާނެ މާސްކު ނާޅާ އުޅެން ވެސް. އެންމެ ކުޑަމިނުން އަހަރެންނަކީ މާސްކު ނާޅާ އުޅޭ މީހަކަށް ނުވާނެތާ'' މިއާ ޚަލީފާ އޭނާގެ އިންސްޓަގުރާމު އެކައުންޓުގައި ލިޔެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެންދޯ

    ވަގުތުވެސް މިމީސް މީހުންގެ ވާހަކަ ނުޖަހަން ވެއްޖެއެއްނުން..

    60
    7
  2. ސަމްސިއްޔާ

    އާން އެއީ ތެދެއް މީނަ މާސްކުނާޅާ އުޅެން ވަރަށް ލަދުގަންނާނެ. މިއީ ވަރަށް ލަދުވެތި އަންހެނެއް.

    17
    1