ބަރަހަނާ ފިލުމު އުފެއްދެމުގެ ތުހުމަތުގައި ހައްޔަރު ކުރި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖު ކުންދުރާގެ މައްސަލަގައި ކޮންމެ ދުވަހަކުވެސް އާ އެތައް ވާހަކައެއް ދަނީ ފެންމަތިވަމުންނެވެ. ކުންދްރާގެ އިތުރުން، މިހާރު އޭނާގެ އާއިލާވެސް އޮތީ އެ މައްސަލައިގެ ތެރެއަށް ވަދެފައެވެ.

މިރާ ނައުގެ ރިޕޯޓްތައް ބުނާގޮތުގައި، އެ ބަރަހަނާ ފިލްމް ކޭސްގެ މައްސަލާގައި މިހާރު އެތައް ބަޔަކު ވަނީ ވާހަކަ ދައްކަން ފަށާފައެވެ. އެކަމުގެ ތެރޭގައި އުޅުނު އެތައް ބައެއްގެ އަސަރުގަދަ ވާހަކަތައް ވަނީ ދެކެވެން ފަށާފައެވެ.

އެގޮތުން އެކަމުގެ ތެރޭގައި އުޅުނު މީހުން ބުނަނީ، އެ މީހުން ލައްވާ މަޖުބޫރުން ޖިންސީ ގުޅުން ހިންގުވާ ވީޑިއޯތައް ކުރާ ކަމަށެވެ. އަދި އެ ވިޑިއޯތަކާއި އިތުރު ކޮންޓެންޓްތައް ފަހުން ރާޖް ކުންދްރާއަށް ވިއްކާ ކަަމަށާއި، އެހެން އެޕްތައް ގެންގުޅޭ މީހުންނަށްވެސް އެ ވީޑިއޯތައް ވިއްކާ ކަމަށެވެ.

އެކަކު ބުނެފައިވާގޮތުގައި، އޭނާއަށް އިންސްޓަގްރާމްއިން ފެނުނު ޕޯސްޓަކާއި ގުޅިގެން ދިޔަ އޮޑިޝަނެއްގެ ތެރެއިން މިކަމަށް އޭނާއަށް ވަދެވުނީއެވެ. މިގޮތަށް އެތައް ބަޔަކު މި މަޅީގައި ޖެހިފައި ވެއެވެ.

އޭނާ ބުނެފައިވާގޮތުގައިި، އެ އޮޑިޝަން ފަށަނީ އޭނާ ކައިރީގައި ޕޯސްތައް ދައްކަން ފެށުމަށް ބުނާ ހިސާބުންނެވެ. އޮޑިޝަންގެ ތެރެއިން އެކި ކަހަަލަ މަންޒަރުތައް ނަގާ ކަމަށް ބުނެފައި ވެއެވެ.

އަދި އޭނާ އެ ފޮޓޯތަކާއި ވީޑިއޯތަކާއި، ދެކޮޅަށް ވާހަކަދެއްކުމުން އިންޒާރު ދެއެވެ. އަދި އެ ޝޫޓިންގ ނުނިމެނީސް އެެކަން މެދުކަނޑާލައިފިނަމަ، އެ ޝޫޓިންގއަށް ދިޔަ ހަރަދު އޭނާ ދައްކަން ޖެހޭނެ ކަމަށް ބުނެ ބްލެކްމެއިލް ކުރަމުން ދިޔައެވެ.

އެކަމުގެ ތެރެއަށް ވަދެވުނު އެހެން އަންހެނަކު ބުނީ، އޭނާ އެ އޮޑިޝަނަށް ދިޔައީ ފުރަބަންދު ތެރޭގައި މަސައްކަތެއް ނެތި އުޅެން ޖެހުމުން، ފައިސާ ހޯދަން މަޖުބޫރު ވެގެންނެވެ.

އަދި އިތުރު މީހަކު ބުނީ، އޭނާ އޮޑިޝަނަށް ގޮސް، އޭނާގެ އަތަށް ސްކްރިޕްޓް ދިން ކަމަށެވެ. އަދި އޭނާގެ ގާތުގައި ރާނީއެއްގެ ރޯލް ކުޅުމަށް އެދުނު ކަމަށް ބުންޏެވެ.

އެހެން ނަމަވެސް ޝޫޓަށް ތައްޔާރުވެގެން ދިޔުމުން، އެފަދަ އިންތިޒާމުތަކެއް އެތަނުގައި ހަމަޖައްސާފައި ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި މެދުތެރެއިން އެކަން ހުއްޓާލަން އުޅުމުން، އިންޒާރު ދީ ބްލެކްމެއިލް ކުރި ކަމަށް ބުންޏެވެ.

"އޭނާގެ ލޮލުން ކަރުނަ އައިސް ރޯން ފެށުމުން ބުނީ، މޭކަޕް ކޮށްގެން މޫނު މަތިން އެ މަންޒަރުތައް ފޮހުމަށް".

އޭނާ ފުލުހުންނަށް މައުލޫމާތު ދެމުން ބުނީ، އެ ވީޑިއޯގައި ފެނިގެންދާ ދެން ހުރި އެކްޓަރު އޭނާ ރޭޕް ކުރީ ކަމަށެވެ. އަދި އެ މަންޒަރު ރެކޯޑް ކުރީ އެ މައްސަލައިގެ ތުހުމަތު ކުރެވޭމީހުން ކަމަށާއި، އެ ޝޫޓިންގ ނިމުމުން އޭނާއަށް 10،000 ރުޕީސް ދިނުމަށްފަހު ދާން އެންގި ކަމަށް ބުންޏެވެ.

ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި، ރާޖް ކުންދްރާގެ ބަރަހަނާ ފިލްމް އެޕަށް މި ފުރަބަންދު ތެރޭގައި ގިނަބަޔަކު ވަދެފައި ވެއެވެ. އަދި އެ މީހުން އަޒަމް ކަނޑައަޅައިގެން ތިބީ 2023 އަންނަން ވާއިރަށް 34 ކްރޯޑް އެ މަސައްކަތުން ހޯދުމަށެވެ.