ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުން ”4 ޖިންނި“ ހައްޔަރުކޮށްފިއެވެ.

ރިޔާދު ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ޖިންނިތަކަކަށް ވެގެން އާއްމުން ބިރުގަންނަވަން މަސައްކަތް ކުރި ހަތަރު މީހެކެވެ. މިއާއިއެކު މި ހަތަރު މީހުންނަށް މިހާރު މުހާތަބު ކުރެވެމުން އަންނަނީ ޖިންނިންގެ ގޮތުގައެވެ.

މިއަދު ހިނގި މި ހާދިސާގައި ސައުދީ އަށް ނިސްބަތްވާ ހަތަރު މީހަކު ވަނީ ހުދު ކުލައިގެ ކުރުތާ އާއިއެކު ބިރުގަންނަ ފަދަ މާސްކެއް އަޅައިގެން ރިޔާދުގެ މަގުތައް މަތީގައި ދުވެ، އާއްމުން ސިއްސުވައި މިފަދަ ކަންކަން ކޮށްފައެވެ.

ރާއްޖޭގައި އީދު ދުވަސްތަކާއި އެނޫންވެސް މުނާސަބާތަކުގައި އުފާ ފާޅު ކުރަން މިފަދަ މާސްކުތައް އަޅައިގެން އުޅުނު ނަމަވެސް، ސައުދީ ފަދަ ގައުމުތަކުގައި އެއީ އާއްމު ކަމެއް ނޫނެވެ. އެހެންކަމުން ކުއްލިއަަކަށް މިފަދަ މޫނުތަކެއް ފެނުމުން އާއްމުން ވަނީ ވަރަށް ބޮޑަށް ބިރުގަނެފައެވެ.

”އަހަރެން އޮފީހަށް ދަނިކޮށް ކުއްލިއަކަށް ކުރިމައްޗައް ފުންމައިގަތީ ބިރުވެރި މޫނެއް ހުރި އެއްޗެއް. އަހަރެން އަވަހަށް ދުއްވައިގަތީ. އިރުކޮޅެއް ފަހުން ރޭކާލީ މިއީ އަސްލު އިންސާނެއްކަން“ މިކަން ތަހައްމަލު ކުރަން ޖެހުނު މީހަކު ސައުދީގެ ނޫހަކަށް މައުލޫމާތު ދީފައިވެއެވެ.

ބައެއް ފަރާތްތަކުން ވަނީ މިފަދަ ގޮތަކަށް މީހުން ސިއްސުވާލުމުން ހާޓު އެޓޭކެއް ވެސް ޖެހިދާނެކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިހާރު މި ހަތަރު މީހުންވެސް ބަންދުގައި ބަހައްޓައިގެން މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޯދާ

    ޖިންނީނޭ ކިޔައިގެން އެކިއެކި ޖަރީމާތަށް ހިންގާ ބަޔަކު އާމްދަނީ ހޯދަނީ އަބަދުވެސް ތިކަހަލަ ގޮތަކަށް

    12
    1