ކެއުމަކީ އެންމެން ވެސް ކުރާހިތްވާ އަދި ކުރަން ޖެހޭ ކަމެކެވެ. ކެއުމުގައި ތަފާތު ބާވަތްތައް އީޖާދު ކުރުމަކީ ވެސް ބައެެއް މީހުން ކުރާ ކަމެކެވެ. އެހެން މީހުންގެ ހިތަށް ވެސް ނާރާ ފަދަ ބާވަތްތައް އެހެން ބާވަތްތަކާއި އެއްކޮށް ކެއުމަކީ މިއަދުގެ ދުނިޔޭގައި މީހުން ކުރާ ކަމެކެވެ.

މެގީ ނޫޑުލީސްއާއި އެކު ލައްޑޫ ކެއުމާއި ބަޓަރާއި އެކު ކޮފީ ބުއިން ފަދަ ތަފާތު ދެ ރަހައެއް އެއްކޮށް ކެއުމަކީ މީސް މީޑިޔާގައި މީހުންގެ ސަމާލުކަން ހޯދުމަށް ގިނަ ބަޔަކު ކުރާ ކަމެކެވެ.

ނަމަވެސް މިގޮތަށް ދެ ތަފާތު ދެ ރަހައެއް އެއްކޮށްލައިގެން ކައި ކެއުންތަކުގައި ވެސް ވަރަށް މީރު ކެއުންތައް ވެސް ހުރެއެވެ. އަދި އެހެންމެ އޭގެ ނަން ބުނުމުން އުދަނގޫވާ ދެ ބާވަތް އެއްކޮށްގެން ވެސް މީހުން ކައެވެ.

މީސް މިޑިޔާގައި ދައުރުވާ މިފަދަ ވީޑިއޯއެއްގައި މީހަކު ބިރިޔާނީ ތަށްޓެއްގެ ތެރެއަށް ޗޮކްލެޓް އަޅައިގެން ކައި މަންޒަރު ދައްކުވައިދެއެވެ.

ޕާކިސްތާނުގެ ކަރާޗީގައި ނަގާފައިވާ މި ވީޑިއޯގައި އެމީހާ ވަނީ ބިރިޔާނީގެ ތެރެއަށް ޗޮކްލެޓް އަޅައިގެން ނުކައިނަމަ ދެން ކާނީ ކޮން އެއްޗެއްތޯ ވެސް ސުވާލުކޮށްފައެވެ.

މި ކެއުން ތައްޔާރު ކުރި ކައްކާ މީހާ ކޮބައިތޯއާއި އެމީހާގެ އަތަށް ބޮސްދޭން ބޭނުންވާ ކަމަށް ވެސް މި ވީޑިއޯގައި އޭނާަ ބުނެފައިވެއެވެ.

27000 ވުރެ ގިނަ މީހުން ބަލާފައިވާ މި ވީޑިއޯއަށް ކޮމެންޓް ކޮށްފައިވާ ބައެއް މީހުން ބުނެފައިވަނީ ބިރިޔާނީ ކެއުމަށް ފަހު އެމީހާގެ ހަރަކާތްތައް އެ ހުރި ގޮތުން އެއީ އޮސްކާ ދޭވަރު ކަމެއް ކަމަށެވެ.

އެތައް ބަޔަކު ވަނީ މި ތަފާތު ދެ ރަހަ އެކުގައި އަޖުމަ ބަލާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އަހަރެމެން ދިވެހިންނަށް ތިކަހަލަ ހަޑި ހާވަން ނޭގޭކަމަށްތަ ތި ހީކުރަނީ! އަދޭ ޗޮކްލެޓްލީ ގަރުދިޔަ މަސް ކާން! ނޫނީ ގަރުދިޔަ މިލްކްޝޭކް އަރުތެރެއިން ހިނގާ މީހުން ކޮބައިތަ؟