"މަނިކޭ މަގޭ ހިތޭ" ލަވައިން ދިވެހިންގެ ހިތްތަކުގައި ކުޅެފައިވާ ސްރީލަންކާގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޔޯހާނީ އޭނާގެ ރީތި އިސްތަށިގަނޑު ވަރަށް ކުރުކޮށް ކޮށާލައިފިއެވެ.

މި އަހަރުގެ މޭއި މަހުގެ ތެރޭގައި ނެރުނު މަނިކޭ މަގޭ ހިތޭ ލަވައިގެ ޔޮހާނީ ކިޔާފައިވާ ކަވާ އަށް ރާއްޖޭގެ އިތުރު ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފައެވެ. އެ ލަވައަށް ލިބުނު ތަރުހީބެއްގެ ބޮޑު ކަމުން އޭނާ ވަނީ އެ ލަވައިގެން ތަމިލް ވާޝަންގެ އިތުރުން އެހެން ވާޝަންތައް ވެސް ނެރެފައެވެ.

ރީތި އަޑެއްގެ ވެރި ޔޯހާނީ އިސްތަށިގަނޑު ކޮށާލާފައިވާކަން އޭނާ ވަނީ ޓިކްޓޯކްގައި ހިއްސާ ކުރި ވީޑިއޯއަކުން ދައްކާލާފައެވެ. އޭނާ އެ ވީޑީއޯގައި ބުނެފައިވަނީ އިސްތަށިގަނޑު ދިގުވާނެ ކަމަށެވެ.

@yohanimusic

itS GOinG tO GrOw BaCk #haircut #fypage #haircolor

♬ original sound - Makayla

އަދި އެވީޑިއޯގެ ބެކްގްރައުންޑް މިއުޒިކުގައި އޭނާ ބުނީ، ބޯކޮށާލުމަށް ވިސްނާ ކަމަށާއި އެހެން ނަމަވެސް ބޯ ނުކޮށާނެ ކަމަށެވެ. އެގޮތަށް ބުނެފައި އޭގެ އިރުކޮޅެއް ފަހުން ދެން ފެނިފައިވަނީ އޭނާ ވަރަށް ކުރުކޮށް އިސްތަށިގަނޑު ކޮށާލައިގެން ހުންނަ މަންޒަރެވެ.

ޓިކްޓޮކްގެ އިތުރުން އިންސްޓަގްރާމްގައި ޔޮހާނީ ފެނިގެންދެއެވެ. އޭނާގެ އިންސްޓަގްރާމްގައި 203،000 އަށްވުރެ ފޮލޯވަރުން. އަދި އޭނާގެ ވީޑިއޯތައް 150،000 އަށްވުރެ ގިނަ މީހުން ބަލާކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިސްޓާރ ޓޭ

    އަހަރެން މި އުޅެނީ މާ ކުރުކޮއް ކޮށާލެވުނީމަ ހިރުވާ ވަރުން، މިހާރު ހަފްތާއެއް ވަނީ އަސްދޫންޔެއް ވައްތަރަށް ހިނގާފަ އުޅޭތަ. ދެން ނުކޮށާނަން ޔޮހާނި ކޮށި ވައްތަރައް ކުރުކޮށެއް، ކެތެއްނުވޭ ވިއްޔާ. މަގުމަތިން ދިމާވެސް ކުރަނީ ވިއްޔާ، ހާދަ ލޯބި އަސްދޫންޔެކޭ މިދަނީއޭ ކިޔާފަ....ވަރަށް ފޫހިވޭ.