މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމަކަށް ވާނީ އިންޑިޔާއެވެ. ކޮވިޑުގެ ދެވަނަ ރާޅު ނިމި ތިންވަނަ ރާޅެއް އައިސްދާނެ ކަމުގެ ބިރުއޮތީ ހީވެފައެވެ.

ނަމަވެސް ކޮވިޑްގެ ދެވަނަ ރާޅާއި އެކު ވެސް ބޮލީވުޑު ފަންނާނުންގެ ޗުއްޓީ ހޭދަކޮށްލުމުގެ މަންޒިލަކަށް ވެފައި އޮތީ ދިވެހިރާއްޖެއެވެ.

އިންޑިޔާގައި އެތައް ބަޔަކު ކޮވިޑުގެ ސަބަބުން ހާލުގައި އުޅެމުން ދިޔައިރު، މަޝްހޫރު ފަންނާނުން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައުން ވީ މީސް މީޑިޔާގައި އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވި ކަމަކަށެވެ.

ކައިވެނި ހަފުލާތައް ބޭއްވުމަށާއި، އުފަން ދުވަސް ފާހަގަ ކުރުމަށާއި، ރައްޓެހިވެގެން އުޅޭ ދެމީހުން ޗުއްޓީ ހޭދަ ކޮށްލުމަށާއި، ކައިވެނި ކުރުމަށް ފަހު ހަނީމޫނަށް ފަދަ އެކި ބޭނުންތަކުގައި ބޮލީވުޑުގެ ފަންނާނުން ރާއްޖެ އައިސްފައިވެއެވެ.

ފާޑުކިޔުންތައް އަމާޒުވި ނަމަވެސް އެތައް ފަންނާނުންނެއް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައެވެ. އޭގެތެރޭގައި ރަންބީރު ކަޕޫރު، އާލިއާ ބަޓް، ޝްރައްދާ ކަޕޫރު، ސިދާތު މަލޯތުރާ، ކިއާރާ އަޑުވާނީ، ޖާންވީ ކަޕޫރު، ސާރާ ޢަލީ ޚާން މިހެން ގޮސް އެތައް ފަންނާނުންނެއް ހިމެނެއެވެ.

ނަމަވެސް ރާއްޖެއަށް އިންޑިޔާގެ ފަތުރުވެރިން އައުން މަނާކުރުމާއި އިންޑިޔާގެ ގިނަ ސަރަހައްދުތަކެއް ބަންދު ކުރުމާއި ގުޅިގެން ބޮލީވުޑުގެ ފަންނާނުން ރާއްޖެ އައުން ހުއްޓުނެވެ.

އަނެއްކާ ވެސް އިންޑިޔާ ހުޅުވާލުމާއި އެކު ބޮލީވުޑުގެ ފަންނާނުންގެ ޗުއްޓީގެ ދަތުރުތައް ވަނީ ފެށިފައެވެ. އަދި ދެކުނު އޭޝިއާ ފަތުރުވެރިންނަށް ރާއްޖެވެސް މިހާރު ވަނީ ހުޅުވާލާފައެވެ. އެހެން ނަމަވެސް މިފަހަރު މި ފަންނާނުންގެ ޗުއްޓީ ހޭދަކޮށްލުމުގެ މަންޒިލްގެ އަމާޒަކަށްވީ ރާއްޖެއެއް ނޫނެވެ. އެއީ ރަޝިޔާއެވެ.

ރަޝިޔާގެ ރީތި ސިޓީތައް ބަލައިލާ ރަޝިޔާގެ ހިތްގައިމު ކަމުން އުފާ ހޯދުމަށް އެތައް ބޮލީވުޑު ފަންނާނުންނެއް ދަނީ ރަޝިޔާއަށް ޒިޔާރަތް ކުރަމުންނެވެ.

ރަޝިޔާއަށް ޒިޔާރަތް ކޮށްފައިވާ ބައެއް ފަންނާނުންނަކީ ސުރްބީ ޖިޔޮތީ، ޕްރިޔަ ޕްރަކާޝް، ގޯހަރު ޚާން ފަދަ އެތައް ފަންނާނުންނެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިލްޔާސް ވަހީދު

    އިންޑިޔާގެރިތައް ރާޢްޖެދޫކޮއްލީޔާ ކިތަންމެހާވެސް އުފާވެއިކަމެއް....

    23
    4
  2. ބުއްޅަބެ

    ﷲ އަށް ޙަމްދު ހުރި. ކޮންފަދަ އުފާވެެރި ހަބަރެއް. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ވެސް ލިބުނު ބޮޑު އުފަލެއް. ތިޔަ އިންޑިޔާ މީހުންނަކީ ހާދަހާވާ އުނދަގޫ ބޮޑު ބައެކޭ.

    6
    2