ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ގެ ދަރިކަނބަލުން ލައިބާ އަހުމަދު މަހްލޫފް (އެލީ) އަކީ ލަވަކިޔުމުގެ ދާއިރާގައި ރާއްޖޭގައި ފިޔަޖަމުން އަންނަ ކުއްޖެކެވެ. ކުޑައިރުން ފެށިގެން ސުކޫލު ލަވަ މުބާރާތްތަކާއި، މަދަހަ މުބާރާތްތަކުގައި ބައިވެރިވެެއެވެ. މަހްލޫފް އަކީ ވެސް ލަވަ ވިދާޅުވާ ބޭފުޅަކަށްވެފައި، އެލީ އާއެކު ކިޔާފައިވާ ޑުއެޓް ލަވަތައް ވެސް މަހްލޫފްގެ އިންސްޓަގްރާމް އެކައުންޓުން ފެންނަން ހުރެއެެވެ.

ކުޑައިރުން ފެށިގެން ލަވަކިއަމުން އަންނަ އެލީ ވަނީ އޭނާގެ ހުނަރު ދައްކާލައި ބެލުންތެރިން އާޝޯހު ކޮށްލައިފައެވެ. ބޮލީވުޑްގެ ފަންނާނުންނާއި އެކު ވެސް ލަވަ ކިޔާފައިވާ އެލީ މިހާރު އަންނަނީ އޮސްޓްރޭލިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޯންސް އެންޑް އައި ކިޔާފައިވާ 'ޑާންސް މަންކީ' ލަވައިގެ ކަވާއެއް ނެރުމުގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ މަޝްހޫރު މިއުޒީޝަން ބާޗީ އާއި އެކު ޑާންސް މަންކީ ލަވައިގެ ކަވާ ލަވައެއް ނެރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ އެލީ ވަނީ ޓްވީޓެއް ކޮށްފައެވެ.

"ފުރަތަމަ އިނގިރޭސި ލަވައެއްގެ ކަވާ ސޯންގް "ޑާންސް މަންކީ"ގެ މަސައްކަތް ބާޗީ ސަރ އާއި އެކު މިއަންނަނީ ކުރަމުން" ލަވައިގެ ކަޑިއެއް ކިޔައި މަންޒަރު ފެނިގެންދާ ވީޑިއޯ ކްލިޕްއެއް ހިއްސާކޮށް ކޮށްފައިވާ ޓްވީޓުގައި ބުނެފައިވެއެެވެ.

އެ ވީޑިއޯއިން ފެނިގެންދަނީ އެލީ ލަވަ ކިޔަން ކެމެރާއަށް ފުރަގަސްދީގެން ހުންނަައިރު، ކުރިމަތީގައި ސިސްޓަމް ކައިރި ބާޗީ އިށީނދެލައިގެން އިންދައެވެ. އެލީގެ ރީތި އަޑުން ލަވަ ކިޔަނިކޮށް ހިއްސާކޮށްފައިވާ ވީޑިއޯ ކްލިޕްއިން އިވިގެންދަނީ "ޔޫ، ޔޫ މޭކް މީ، މޭކް މީ، މޭކް މީ ވަންނަ ކްރައި އެންޑް ނައު އައި ބެގް ޓު ސީ ޔޫ ޑާންސް ޖަސްޓް ވަން މޯ ޓައިމް" ޑާންސް މަންކީ ލަވައިގެ މި ކަޑިއެވެ.

މީގެ ދެ މަހެއްހައި ދުވަސް ކުރިން އެލީ ވަނީ 'އިތުރު ރަސޫލާ' މަދަހައިގެ ކަވާއެއް ވެސް ގެނެސްދީފައެވެ. އަދި ނަސްރުގެ ދުވަހާއި ގުޅިގެން މަހްލޫފު އާއި އެކު ކިޔާފައިވާ 'ކިޔާ ދޫތަކުން' މި ލަވައިގެ ކަވާ ލަވައަކުން ވެސް އެލީގެ އަޑު ބެލުންތެރިންނަށް ވަނީ އިވިގެން ގޮސްފައެވެ. މީގެ އިތުރުން އޭނާ ބޮލީވުޑްގެ ލަވަކިޔުންތެރިއެއް ކަަމަށްވާ ޖާވިދު އަލީއާއެކު ކިޔާފައިވާ "ޖީނޭކީ ވަޖާ" މިއީވެސް އެތައް ބަޔަކަށް ކަމުދިޔަ ލަވައެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަބޫ

    ގުރުއާން ކިޔަވާޮަބަލަ

    19
    1
  2. ސަމާ

    ކަނބުލޮ ފަސްބެލުމެއްނެތި ކުރިއަށްދޭ.
    މީހުން ފާޑު ފާޑުގެ ވާހަކަ ދައްކާނެ. އެވާހަކަތައް އަޑުއަހައި ހިތްވަރުލިބިގެންދާންވާނީ ކުރިއަށް.
    ޕޮޒިޓިވް ކޮމެންޓްކުރާ މީހުން މަދުވިޔަސް ނެގެޓިވް ކޮމެންޓަކީ އަސްލު މޯޓިވޭޝަން އަންނަ ސަބަބު.
    ގްޑުލަކް.

    7
    20
  3. އނ

    ލައިބާ އަކަށް ލަވަ ނުކިޔޭ. ފައިސާ އާ ނުފޫޒް ބޭނުން ކޮއްގެން ޓެލެންޓް ނުގަނެވޭނެ. މަހްލޫފް އަށް މިކަން ވިސްނޭނީ ކޮން ދުވަހަކުން ބާ.