މައިކަލް ޖެކްސަންގެ ޖިންނިއާ ކައިވެނިކޮށްގެން އުޅޭ ކަމަށް އަންހެނަކު ބުނަން ފަށައިފިއެވެ.

ޕޮޕް ލަވައިގެ ރަސްގެފާނު މައިކަލް ޖެކްޝަންގެ ޖިންނިއާ ކައިވެނިކޮށްގެން އުޅޭކަމަށް ދައުވާ ކުރާ އަންހެން މީހާ، ކެތްލީން ރޮބާޓްސް ބުނީ އޭނާ އާއި މައިކަލް ޖެކްސަންގެ ޖިންނިއާ ކައިވެނިކޮށްގެން އުޅޭތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ. އަދި ޖިންނި އޭނާގެ ހަށިގަނޑުގެ ތެރޭގައި ހުރެ ލަވަ ކިޔައި ނަށައި ކައި ވެސް ހަދާ ކަމަށް އޭނާ ބުންޏެވެ.

ދެހާސް ނުވަ ވަނަ އަހަރު މައިކަލް ޖެކްސަން މަރުވެފައިވާ އިރު މައިކަލްގެ ޖިންނި ވަނީ ކެތްލީން އަށް ލޯބި ހުށައަޅައި ފިޔާތޮށި ކުލައިގެ އަނގޮޓިއެއްވެސް ދީފައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކެތްލީން ބުނީ މައިކަލް ޖިންނި އޭނާ އާއެކު ހުރިހާ ވަގުތެއްގައިވެސް އުޅޭ ކަމަށެވެ.

މައިކަލް ޖިންނި އަކީ ވަރަށް އަމުރު ކުރާ މީހެއް ކަމަށާއި އެއީ ޖެކްސަންގެ ބައްޕަގެ ފަރާތުން ދަސްވެފައިވާ ކަމެއް ކަމަށް ކެތްލީ ބުންޏެވެ. އެހެން ވިޔަސް ޖެކްސަން ދެކެ އިންތިހާއަށް ލޯބިވާކަމަށް އޭނާ ބުންޏެވެ.

މައިކަލް ޖެކްސަން މަރުވީ އޭނާގެ އުމުރުން 50 އަހަރުގައި އޭނާގެ ޑޮކްޓަރު ދިން ބޭހެއްގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އޭނާ މަރުވީ 2009 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުގައި އެވެ.

ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ފުރަތަމަ ކައިވެންޏެއް ކޮށްފައި ވަނީ 1994 ވަނަ އަހަރުގައި ލިސާ މެރީ ޕްރޭސްލީ އާއެވެ. އަދި 1996 ވަނަ އަހަރު އެ ކައިވެނި ރޫޅި އޭގެ ފަހުން މައިކަލް ކައިވެނި ކުރީ ޑެބީ ރޯވޭ އާއެވެ.

ލަވަކިޔުންތެރިޔާ މައިކަލްގެ ވަކިވުމަކީ ދުނިޔެއަށް ބޮޑު ހިތާމަވެރިކަމެއް ގެނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ތި އަންހެންމީހާއަކީ ތަ މައިކަލް ޖެކްޝަންގެ ޖިންނިއަކީ! މޫނުމަތިން ޖަހާ ސިފައަށް ބަލާފައި މިހެން މި ބުނީ!

    1
    1