އެކުގައި 12 އަހަރު، ދެމަފިރިން މަރުވީ ކައިކައިރީގައި!

މިސްރުގައި ދިރިއުޅެމުންދާ ދެމަފިރިއަކު، ކައިރި ކައިރީގައި މަރުވެއްޖެއެވެ. މިސްރުގެ މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ވެރިކަން ކުރާ ސިޓީގައި ދިރިއުޅެމުންދާ މި ދެމަފިރިންގެ ތެރެއިން ފިރިމީހާ މަރުވިތާ މާގިނައިރުތަކެއް ނުވެ، އަންހެން މީހާ މަރުވެފައި ވަނީ ސްޓްރޯކެއް ޖެހިގެންނެވެ.

އަބީރް ޝެއިހެއިޓާ ނަމަކަށް ކިޔާ އެ އަންހެން މީހާ މަރުވެފައި ވަނީ 12 އަހަރުގައި އެކުގައި ހޭދަކުރި ފިރިމީހާގެ މަރުގެ ހަބަރު ލިބުމުން ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

އެ ފިރިހެން މީހާއަކީ މިސްރުގެ ރެޑް ސީ ރިސޯޓް ޓައުން ހުރްގަޑާގައި ވަޑިއެއްގެ ގޮތުގައު މަސައްކަތް ކުރަމުންދިޔަ މީހެކެވެ. މިީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ފިރިހެން މީހާ އާއި ޖޯޑަންއަށް ނިސްބަތްވާ އޭނާގެ އަންހެނުން އެކުގައި އަބޫ ކެބީރްއަށް ކުރި ދަތުރުގައި ފިރިހެން މީހާގެ ހަށިގަނޑުގައި ކުއްލިއަކަށް ރިއްސަން ފެށީއެވެ. އަދި އޭނާ ހޮސްޕިޓަލަށް ވަގުތުން ގެންދިޔައިރު، މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

"ފިރިމީހާ މަރުވެއްޖެކަން، އަންހެން މީހާ އެނގުނުތާ މާ ގިނަ އިރުތަކެއް ނުވެ، އަންހެން މީހާ ސްޓްރޯކެއް ޖެހިގެން މަރުވީ، އޭނާއަށް ޖެހުނީ ޝޮކެއް". އާއިލަ މީހަކު ބުނެފައި ވެއެވެ.

މި ދެމަފިރިން ވަޅުލުމުގެ ކަންކަން ކުރިއަށްގެންގޮސްފައި ވަނީ އެކުގައެވެ. އަދި ދެމަފިރިންގެ ޖަނާޒާގެ ކަންތައް ކުރިއަށްގެންދިޔައިރު، ސަންދޯއް ގެންގޮސްފައި ވަނީވެސް އެކު އެކީގައި ކަމަަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަނާ

    މީ މާ މުހިއްމު ވާހަކައެއްތަ . މި މާލޭގަ ވައިމަތީގޭ ދެކަނބަލުންވެސް ވެސް އަވަހާރަވި އަނބިކަބަލުން ވަޅުލާފަ މަހާނަ ކައިރީގަ އިންނަވަ ނިކޮށް ފިރިކަލުންވެސް.