އިންޑިއާގައި ފިޔަޖަހަމުން އަންނަ ބަތަލާ ބިޕާޝާ ބާސޫއަށް މީގެ އަހަރުތަކެއް ކުރިން ދިމާވި ޖިންނީގެ ކަންތަކުގެ ވާހަކަ އޭނާ ހިއްސާ ކުރިއެވެ. އެއީ 2003 ވަނަ އަހަރު ނެރުނު ފޫޓްޕެތް ފިލްމްގެ ޝޫޓިންގ ކުރިއަށް ގެންދަނިކޮށެވެ. އެ ޝޫޓިންގ ކުރިއަށްގެންގޮސްފައި ވަނީ މުމާއީގެ މުކޭޝް މިލްސްގައެވެ. އެތަނަކީ އޭގެ ކުރިންވެސް ޖިންނީގެ ކަންތައްތައް ހިނގާފައިވާ ތަނެއް ކަމަށް ވެއެވެ.

އެތަނުގައި ޝޫޓިންގ ކުރިއަށް ދަނިކޮށް، ދުވާލު ގަޑީގައި ވީ ކަންތައްތަކުގެ ވާހަކަ އޭނާ މީޑިއާތަކާއި ހިއްސާ ކޮށްފައި ވެއެވެ.

އެގޮތުން ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވާގޮތުގައި، އެތަނުގެ ދެވަނަ ފަންގިފިލާގައި ޝޫޓިންގއަށް ތައްޔާރުވަމުން ދަނިކޮށް، އޭނާ ދަސްކުރަމުން ދިޔަ ޑައިލޯގް އޭނާއަށް ހަނދާން ނެތެނީ އެވެ.

ޖިންނީގެ ކަންތައް ދިމާވި ކަމަށް ބުނާ ތަން

"އަހަރެން އެކަނި ވަކި ކޮޓަރިއެއްގައި ހުރީ، އަނެއް ކޮޓަރީގައި ދެން ތިބި މީހުން ތިބީ، އަހަރެންނަކީ އާއްމުކޮށް ޑައިލޯގް ހަނދާން ނެތޭ މީހެއް ނޫން. އެކަމަކު ހަމަ ކުރިއަށް ގޮސް ޑައިލޯގް ކިޔަން ފަށާއިރަށް ހަނދާން ނެތެނީ، އެތައް ފަހަރަކު މިހެން ވި. މިހެންވެގެން އަހަރެން ޑައިކެޓަރ ވިކްރާމް ބަތް އަހަރެންގެ ހެއާ ސްޓައިލިސްޓް ކައިރިން ބިޕާޝާއަށް ވަނީ ކީއްތޯ. ފަހުން އަހަރުމެން ނިންމީ އެތަނުން ނުކުންނަން".

ބިޕާޝާ ބުނީ، ފަހުން އެ މީހުން އޭނާއަށް ކިޔަވާފައި ހުރި ފެން ދިން ކަމަށެވެ. އަދި އޭނާ ނިދީ ވޭނެއްގައި ކަމަށްވެސް ބުންޏެވެ. އަދި ފަހުން ޕެކްކުރަންވެސް އެންގި ކަމަށްވެސް ބުންޏެވެ. އަދި އޭގެ އަނެއް ދުވަހު އެތަނުގައި ފަންޑީތަ ހެދިއިރު،ހަމަ އެ ދުވަހު ފަންޑީތަ ހެދި މީހާ އެކްސިޑެންޓެއް ވި ކަމަށް ބިޕާޝާ ބުންޏެވެ. އެންމެ ފަހުން އެ ފިލްމްގެ ޝޫޓިންގ އެހެން ތަނެއްގައި ކުރިއަށް ގެންދަން ނިންމި ކަމަށްވެސް ބުންޏެވެ.

އިންޑިއާ ޓައިމްސް އިން ބުނެފައިވާގޮތުގައި، ބިޕާޝާއަށް ދިމާވި ކަންތަކަށް ފަހު އެތަނުގައި އެހެން ފިލްމެއްގެ ޝޫޓިންގ ކުރިއަށްދަނިކޮށް އަންހެން އެކްޓަރެއް ޖިންނި އަވަލިއެވެ. އަދި އޭނާ ހޮސްޕިޓަލަށްވެސް ގެންދިޔައެވެ. ނަމަވެސް އެތަނުގައި އޮވެ އޭނާ މަރުވީ ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.