އިންޑިއާގައ ިލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ އަންހެނަކު އެއް ގެއެއްގައި ދިރިއުޅުމުގެ ހުއްދަ އިންޑިއާގެ ކޯޓަކުން ދީފިއެވެ.

ރާމްޕޫރުގައި ހުންނަ ކޯޓަކުން އެ ދެ އަންހެނުން އެކުގައި ދިރިއުޅުމަށް ހުއްދަ ދީފައިވަނީ އެތަނުން އެކަކު އާއިލާ މީހުންނާއި އެކީ ދިރިއުޅެމުން އައި ގެއިން ފިލައިގެން ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

އުމުރުން 20 އަހަރުގެ އެ އަންހެން މީހާ ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މީގެ މަސް ދުވަސް ކުރިންނެވެ. އޭގެ ފަހުން އޭނާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ ލޯބީގެ ގޮތުން އޭނާ ގުޅުން ބާއްވާ އަންހެން މީހާގެ ގެއިންނެވެ.

އެމީހުން އެކުގައި ދިރިއުޅުމަށް ކޯޓުން ހުއްދަ ދިފައިވަނީ ފިލައިގެން އެހެން ގެއަކަށް ގޮސް އުޅޭތީ އެ މައްސަލައިގައި ކޯޓަށް ހާޒިރު ކުރުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"އެ އަންހެން މީހާ ހޯދައިގެން ސުވާލު ކުރުމުން ބުނެފައިވަނީ އާއިލާއަށްވުރެ ބޮޑަށް އޭނާ ދިރިއުޅެން ބޭނުން ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން މީހާއާއި އެކު ކަމަށް" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެއަންހެން މީހާގެ އާއިލާއިން އޭނާ ގެއްލިގެން އުޅޭ ކަމަށް ރިޕޯޓް ކޮށްފައިވަނީ އެއީ ކުޑަކުއްޖެއް ކަމަށް ބުނެ ކަމަށާއި އެހެން ނަމަވެސް ހޯދި ހޯދުން ތަކުން އެއީ 18 އަހަރުން މަތީގެ މީހެއް ކަން އެނގިފައިވާ ކަމަށެވެ.

ކޯޓުން އެ ހުއްދަ ދިން ނަމަވެސް އެ ދެ އަންހެނުންގެ އާއިލާއިން ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ. އެހެން ނަމަވެސް ގަދަ ބާރުން އެ ދެމީހުން ވަކި ނުކުރެވޭނެ ކަމަށާއި އެފަދަ ކަމެއް ކޮށްފި ނަމަ އާއިލާއާއި މެދު ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުޙައްމަދު

    ދެން ދިވެހި ރާއްޖެޔޯ؟

    3
    1
  2. ފޭރޭ

    އެކަމަކު އާއިލާއާގުޅުން ކަޑައިނުލާތި ދެކުދިން ރުޅިވިޔަސް ދާންއޮތީ ހަމަ އާއިލާކައިރިއަށް.

    5
    2
  3. މ

    އަސްލު މިކަހަލައިގެ ހަބަރު ލިޔަނީ ކީއްކުރާށޯ