އިންޑިއާގެ މުމްބާއީގައި ހުންނަ މުކޭޝް މިލްސްއަކީ ވަރަށްވެސް މަޝްހޫރު ތަނެކެވެ. އެތަނަކީ ފިލްމް ޑައިރެކްޓަރުން ވަރަށް ގަޔާވާ ތަނަކަަށް ވާއިރު، އެތަނުގައި ރޫހާނީ ކަންކަން ހިނގާ ވާހަކައަކީ އާއްމުކޮށް ދެކެވޭ ވާހަކައެކެވެ. އެތަނަށް ދިޔަ އެތައް ބައެއްގެ ތެރޭގައި ނާމާން އެތައް ކަމެއް ހިނގާފައިވާ ކަމަށް ވެއެވެ.

ދަ މިލް އަކީ 1870ގެ އަހަރުތަކުގެ ތެރޭގައި އީސްޓް އިންޑިއާ ކުންފުނިން އިމާރަތް ކުރި ތަނެކެވެ. އެތަން ފަހުން ބަންދުކޮށްފައި ވަނީ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ވާން ފެށުމުންނެވެ. އަދި އެ އިމާރާތް އެއްކޮށް އަންދާވެސްލިއެވެ. އެކަމަކު އެކަން ކުރީ ކާކުކަމެއް ނޭނގެއެވެ. އެތަނަށް ފަހުން އެއްވެސް ބަދަލެއް ގެނެސްފައި ނުވާއިރު، އެތަން ހުންނަނީ ބަންދުކޮށްފައެވެ.

އެތަނުގައި ދިމާވާ ރޫހާނީ ބިރުވެރި އެތައް ކަމެއްގެ ސަބަބުން އެތަނުގައި އިއުރޮއްސޭ ފަހުން ފިލްމް ކްރޫން ޝޫޓް ކުރަން ބޭނުން ނުވެއެވެ. އެތަނަށް ޝޫޓިންގއަށް ދިޔަ ބައެއް މީހުން ބުނާގޮތުގައި، އެތަނުން އެކި ކަހަަލަ ބިރުވެރި އަޑާއި، އެއްޗެހި ގެެއްލޭކަން ރިޕޯޓް ކުރެއެވެ. އަދި މީހުން ހިނގާ އަޑާއި، ހިޔަންޏާއި، އުޅޭ ނޫޅޭ ގޮތް މީހަކު ބަލާހެން ހީވާ އިހުސާސްތައް ވާ ކަމަށްވެސް ވެއެވެ.

އަދި އެތަނުގައި ޝޫޓް ކުރަނިކޮށް އަންހެން އެކްޓަަރަކު ޖިންނި އަވަލައި، އޭނާގެ އަޑުވެސް ބަދަލުވި ކަމުގެ އަޑުތައްވެސް ގަދަވިއެވެ. އަދި އޭނާ ވަނީ އެތަނުގައި ތިބި މީހުން އެތަނުން ދިއުމަށްވެސް އަންގާފައި ވެއެވެ.

މީގެ އިތުރުން، އެތަނުގައި ކުރިއަށްގެންދިޔަ ޝޫޓިންގގެ ތެރެއިން އުމުރުން 10 އަހަރުގެ ކުއްޖަކު ޖިންނި އަވަލި ކަމަށް ބުނާ ވާހަތައްވެސް އިވުނެވެ. އަދި އެތަން ބަލަހައްޓާ މީހާއަށް އެތަނުގެތެރޭގައި މީހަކު ސިގިރެޓް ބޯން ހުރިތަން ފެނުނު ކަމަށާއި، އެ އިމާރާތުގެ އެތެރެއިން މުއުޒިކްގެ އަޑު އިވޭ ކަމަށްވެސް ބުންޏެވެ.

މިތަނަކީ ގިނަބަޔަކު ދާން ބޭނުންވާ ތަނަކަށްވިޔަސް، އެތަނުގައި ހިނގާ ބިރުވެރި ކަންތައްތަކުގެ ސަބަބުން އެތަނަށް އެއްވެސް މީހަކު ދާން ބޭނުން ނުވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު