ޒުލަކީ އާއްމު ގޮތެއްގައި ގިނަ ބަޔަކު އާއިލާއާއި އެކީ ހިތްހަމަ ޖައްސާލައި އެތަނުގައި ތިބޭ ޖަނަވާރުންނަށް ކާން ދޭން ޒިޔާރަތް ކުރާ ތަނެކެވެ. އެތަނުގައި ތަފާތު އެކި ކަހަލަ ޖަނަވާރުތައް ތިބޭ އިރު، އެ ތަކެއްޗާ ރަހުމަތްތެރިވާން މާ ގިނަ ވަގުތުތަކެއް ނުނަގައެވެ.

ނަމަވެސް ރަހުމަތްތެރިކަން އިތުރުކޮށް އެހެން ހަރުފަތަކަށް އެ ގުޅުން ގޮސްދާނެ ކަމަށް އެއްވެސް މީހަކު ހީނުކުރާނެއެވެ.

މިއީ އެފަދަ ގޮތަކަށް އެތަނުގައި އުޅޭ ޖަނަވާރަކާއި ރަހުމަތްތެރިކަން އާލާކޮށް އެކަން އިތުރު ހަރުފަތަކަށް ގޮސްފައިވާތީ ޒުލަކަށް ވަނުން މަނާ ކޮށްފައިވާ އަންހެނެއްގެ ވާހަކައެވެ.

ބެލްޖިއަމްގެ އަންޓާޕް ޒުލުގައި އުޅޭ ރާމާމަކުނުގެ ވައްތަރެއް ކަމަށްވާ ޗިމްޕަންޒީއަކާއި "އެފެއާ" އެއް އޮތް ކަމަށް ބުނެ އެ އަންހެން މީހާ ވަނީ އެތަނަށް ވަނުން މަނާ ކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފާއިތުވި ހަތަރު އަހަރު ތެރޭގައި އޭނާއާއި އެ ޗިމްޕަންޒީއާއި ވަނީ ލޯބީގެ ގޮތުން ގުޅުމެއް އުފެދިފައެވެ.

އޭޓީވީ ނޫހަށް މައުލޫމާތު ދެމުން އެ އަންހެން މީހާ ބުނީ، އޭނާ އެ ޖަނަވާރު ދެކެ ލޯބިވާ ކަމަށާއި އެޖަނަވާރު ވެސް އޭނާ ދެކެ ލޯބިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ދިއުމުން ދެރު ކުރަން ޖެހޭ ސަބަބެއް ނުފެނޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ އެ ޒުލަށް ވަނުން މަނާ ކުރުމުން އޭނާ ވަނީ އެހެން މީހުންނެކޭ އެއްގޮތަށް އޭނާއަށް ވެސް އެތަނަށް ވަދެވެން ޖެހޭ ކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު