ކޯމަހަކީ އިންސާނުންނަށް ނުރައްކަލެއް ނެތް އެއްޗެއް ކަމަށް ގިނަ ބަޔަކު ވާހަކަ ދައްކައެވެ. މިފަހަރު މިއޮތީ އެކަން ޔަގީން ކުރެވޭނެ ވާހަކައެކެވެ. އެއީ 12 ގަޑިއިރުވަންދެން ކަނޑު މަތީގައި އޮތް މީހެއްގެ ވަށާލައިގެން ކޯމަސްތަކެއް އެނބުރުނު ވާހަކައެވެ. އެމީހާއަކަށް އެއްވެސް ގެއްލުމެއް ނުދެއެވެ.

2015 ވަނަ އަހަރުގެ އަޔަލޭންޑްގެ ޓްރަލީ ބޭއިގެ ފިނި ފެންގަނޑު ތެރޭގައި އެމީހާ 12 ގަޑިއިރު އޮތްއިރު، އެކި ގޮތް ގޮތުން އެހީތެރިކަން ފޮރުކޮށްދީފައެވެ. އެގޮތުން ނަފްސާނީ ގޮތުން ވެސް އޭނާ އަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

އޭނާ ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި މީހުން ބުނެފައިވަނީ އޭނާ ސަލާމަތް ކުރިއިރު އޮތީ ގަޔަށް ފިނި ނުވާ ކަހަލަ ސޫޓެއް ލައިގެން ކަމުން އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އޭނާ ހުރީ ކަނޑުގައި ޖަހާފައިވާ ލައިޓެއް ކައިރީގައި ކަމަށް ވެސް އެމީހުންނާއި ހަވާލާދީ ރިޕޯޓްތަކުން ބުނެފައިވެއެވެ.

އޭނާ ފެނިފައވިަނީ އައިރިޝްގެ ކޯސްޓްގާޑުގައި ތިބި މީހުންނަށެވެ. ކޯސްޓްގާޑުގައި ތިބި މީހުންނަށްވެސް ފުރަތަމަ އޭނާ ނުފެނެއެވެ. އެ މީހުންނަށް ފުރަތަމަ ފެނިފައިވަނީ އޭނާ ލައިގެން ހުރި އަންނައުނު ގޮނޑުދޮށަށް ލައްގާފައި ތިއްބާއެވެ. އޭގެ ފަހުން ހެލިކަޕްޓަރުން ނުކުމެ ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

"އޭނާ ހޯދަމުން ދަނިކޮށް ފެނުނީ އޭނާގެ ކޯމަސް ވަށައިގެން އެނބުރޭތަން. ބެލެވޭ ގޮތުގައި އެސޮރުމެން އުޅުނީ އޭނާ ސަލާމަތް ކުރަން ނުވަތަ ތިލަ ތަނަކަށް އޭނާ ގެންދިއުމަށް" އޭނާ ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި މީހަކު ބުނެފައިވެއެވެ.

މި ހާދިސާ ފެނިގެންދާ ވީޑިއޯއެއް މީސްމީީޑިއާގައި ދައުރުވަމުން އަންނަ އިރު، އެ ފިރިހެން މީހާ ބުނެފައިވަނީ އޭނާ އެއްވެސް ކަހަލަ އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު