އާންމު ގޮތެއްގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުން ވަކިވުމަކީ ރޮއި ހިތާމަ ކުރާ ކަމެކެވެ. ގިނަ މީހުންނަށް ގަބޫލު ކުރެވިފައިވެސް ވަނީ މިފަދައިންނެވެ. މި ވިސްނުން ބަދަލުވެ، ބައިވެރިޔާއާއި ވަކިވުކަމީ ލިބޭ އުފަލެއްކަމަށް ހަދައި އެކަން ފާހަގަކުރަން މިހާރު ވަނީ ފަށައިފިއެވެ.

މިކަން ކަށަވަރު ވެފައިވަނީ ލޯބިވެރިޔާއާއި ވަކިވެ، އެކަން ފާހަގަކޮށް، މީސް މީޑިއާގައި ހިއްސާ ކުރަން ފެށުމުންނެވެ.

އެގޮތުން މިފަހަކުން ދިވެއްސަކު އިންސްޓަގްރާމުގައި ހިއްސާކޮށްފައި ފޮޓޯތަކެއްގައި 'ބްރޭކްއަޕް' ވެފައިވާކަން ހާމަކޮށް، އެކަމާއި ކޭކު ފަޅައި އުފާ ފާޅު ކޮށްފައިވާ މަންޒަރު ފެނެއެވެ.

'ދި ވަން ވެއާ "އޭނާގެ ނަން" ބްރޭކްސް އަޕް' މިފަދައިން ލިޔެފައިވާ ބެނާއެއް ފާރުގައި ހަރުކޮށް، ފޮޓޯއަށް އެތަން ޒީނަތްތެރި ކޮށްފައިވެއެވެ. އެ ޒުވާނާ އިށީނދެއިން ތަނުގައި ޕިއްޒާއާއި، ޑޯނަޓް އަދި އެކި ކަހަލަ މާތައް ފެންނަން ހުއްޓެވެ. އެތަނުގައި ބައިންދާފައިވާ ކޭކުން 'ކޮންގްރަޗުލޭޝަންސް އޮން ޔުއާ ބްރޭކްއަޕް' މިފަދައިން ލިއެފައިވެއެވެ.

ބައިވެރިޔާ ކައިރިން ދުރުވުމުން މަރުހަބާ ކިޔައި، އެކަމާ އުފާ ފާޅުކޮށް ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމުގައި ހިއްސާކޮށް، މި ޒުވާނާ ބުނެފައިވަނީ އަހަރު ދުވަސް ވަންދެން ކޮށްފައިވާ ޞަދަގާތައް ޝުކުރުވެރިވާ ކަމަށެވެ. މި އިބާރާތް ބޭނުން ކޮށްފައިވުމުން ބެލެވޭ ގޮތުގައި އެކުގައި އުޅުން ދުވަސްވަރު އެތައް ހަރައްދެއް ކޮށްފައިވެއެވެ.

މިއީ ދިވެހިންގެ ތެރޭގައި މާ ބޮޑަށް އާންމު ކަމަކަށް ނުވިޔަސް، މީގެ ކުރިންވެސް ދެމަފިރިއަކު ވަރިވެގެން އެކަމާއި އުފާ ފާޅުކޮށް ނަގާފައިވާ ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުވެެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑިރާސާ

    ބްރޭކްއަޕް ޕާރޓީ، ބޭބީ ޝަވަރ ފަދަ ހުޅަނގުގެ ސަގާފަތް މިގައު މުގައި ވަކި ހިއްޕާލައިފައިވާ މިންވަރު މިފެންނަނީ... އިންސްޓަގްރާ މް، ފޭސްބުކު، ޓިކުޓޮކުގެ އަސްލު މަގުސަދު ތައް ހާސިލްވެ ޔަހޫދީންގެ އެޖެންޑާ އިސްލާ މީ މުޖުތަ މަގުތަކަށް އިންފުލުއެންސް ކުރާ މިންވަރު ބައްލައްވާ..

    57
    4
  2. ޖިއްގަޅޭ

    ސަޅި ހަބަރެއް

    2
    7
  3. އަސްފާ

    ރާއްޖޭގައި ގިނަ އަންހެނުންތަކެއް އުޅެމުންދަނީ ޚިޔާލީ ދުނިޔެއެއްގައެވެ.