ޑޮކްޓަރަކު ޓިކްޓޮކްގައި އާއްމު ކުރި ވީޑިއޯއަކުން މި ވަނީ ބަރަހަނާކޮށް ނުނިދަންވީ ސަބަބުތައް ހާމަކޮށްފައެވެ.
އެމެރިކާގެ މިޗިގަންގެ ޑްޓްރޮއިޓް ސިޓީއަށް ނިސްބަތްވާ އުމުރުން 48 އަހަރުގެ ބޯޑް-ސެޓިފައިޑް ޕްލާސްޓިކް ސާޖަންއެއް ކަމަށްވާ ޑރ. އެންތޮނީ ޔޮއުން މިވަނީ އޭނަގެ 4.9 މިލިއަން ފޮލޯވަރުން ހިމެނޭ ޓިކްޓޮކް އެކައުންޓްގައި ބަރަހަނާކޮށް ނުނިދަންވީ ސަބަބު ހާމަކޮށްފައެވެ.
ޑރ. ޔޫން ވިދާޅުވެފައި ވަނީ" މިއީ ބަރަހަނާކޮށް ނުނިދަންވީ ސަބަބު ކަމަށެވެ. އެއީ އާއްމު މީހަކު ދުވާލަކު 15 - 25 ފަހަރު ގޭސް ބޭރު ކުރާއިރު، މިކަން އާއްމު ކޮށް ވަނީ ނިދާފައި އޮންނައިރު ކަމަށެވެ.
އަދި ސައިންވެރިން ހެދި ދިރާސާއިން އެނގޭގޮތުން، ގޭސް މިގޮތަށް ބޭރު ކުރާއިރު، ވަރަށް ކުޑަކޮށް ބޮޑުކަމުދާ ތަކެތި ބޭރުވެއެވެ. އަދި އެ ދިރާސާއިން އެނގޭގޮތުގައި މިތަކެތި ލައިގެން ހުންނަ އެއްެޗެހީގައި އުނގުޅޭ ކަމަށްވެސް އެ ޑޮކްޓަރު ހާމަކޮށްފައި ވެއެވެ.
"އެހެންކަމުން އެކުގައި ނިދާ ދެވަނަ މީހާއަށްޓަަކައިވިޔަސް ނިދާއިރު ޖަންގިޔާ ލާން އާދަކުރޭ".
އޭނާގެ އެ ވީޑިއޯއަށް މިހާތަނަށް 8.2 މިލިއަން ވިއުސް ލިބިފައި ވެއެވެ.
އެ ވީޑިއޯ ޔޫޓިއުބްގައި ހިއްސާކޮށް ޑޮކްޓަރު ވިދާޅުވީ، "އަންހެނުން، ކައިރީގައި ގައިނީ ޑޮކްޓަރުން ޖަންގިއްޔާ ލައިގެން ނުނިދަން އިރުޝާދު ދީފައިވާނަމަ އެ ޑޮކްޓަރުން ދައްކާ ވާހަކަ އަޑުއަހާތި، އެކަމަކު ފިރިހެނުން ނިދަން ވާނީ ޖަންގިޔާ ލައިގެން". ކަމަށެވެ.
އޭނާ އެ ވާހަކަ ހިއްސާ ކުރުމާއެކު ބައެއް ފަރާތްތަކުން ވަނީ އެ މީހުން ކުޑަައިރުން ފެށިގެން އާދަވެފައި ވަނީ ޖަންގިޔާ ލައިގެން ނިދުމަށް ކަމަށް ބުނެފައެވެ. އަދި މިހާރުވެސް އަމަލު ކުރަމުން ދަނީ އެގޮތަށް ކަމަށް ބުނެފައި ވެއެވެ.
މީގެ ކުރިން ހެދި ދިރާސާތަކުގައި ބަރަހަނާ ނިދުމުން ލިބޭ ފައިދާތައް ބަޔާންކޮށްފައި ވެއެވެ.
މީގެ 14 ސަތޭކަ އަހަރުކުރިން އިސްލާމް ދީނުގައި ތިޔަކަން ބަޔާން ކޮއްފައިވޭ! ވުލޫ ގެއްލޭ ކަންތަކުގައި ފޮޑި ޖެހުން ހިމެނުނީ ބޮޑުކަމުތަކެތި ބޭރު ވާތީ ކަން ތިޔަ ދިރާސާއިން އަދި ދޯ ތިޔަ އިގުނީ!