އެކްޓިންގެ ކާމިޔާބު ކެރިއަރއަށް ފަހު ފިލުމު ޕްރޮޑިއުސް ކުރުމުގެ މަސައްކަތް ފަށާފައިވާ ބޮލީވުޑުގެ ކާމިޔާބު އެކްޓަރ ދީޕިކާ ޕާޑުކޯން އޭނާގެ އަމިއްލަ ''ސްކިން ކެއަރ'' ބްރޭންޑެއް ތަޢާރަފް ކުރުމަށް ތައްޔާރު ވާން ފަށައިފިއެވެ.

މުޅި ދުނިޔެއަށް އަމާޒުކޮށް ފަށަން ނިންމާފައިވާ މި ބްރޭންޑު އެންމެ ފުރަތަމަ ތަޢާރަފް ކުރަނީ އިންޑިޔާއަށެވެ. މި ބިއުޓީ ޕްރޮޑަކްޓްސްތަކަކީ ސައިންޓިސްޓުންގެ އެހީއާއި އެކު ހޯދާފައިވާ ހޯދުންތަކުގެ ނަތީޖާއެވެ.

މި ބްރޭންޑު ތަޢާރަފް ކުރަމުން ދީޕިކާ ބުނެފައިވަނީ އިންޑިޔާއަކީ ވަރަށް ތަފާތު ގައުމެއް ކަމަށެވެ. އަދި އިންޑިޔާގެ ރައްޔިތުން ފަހުރުވެރިވާ ފަދަ އެތައް ކަމެއް މި ގައުމުގައި ހުރި ކަމަށެވެ.

އެހެންކަމުން ދީޕިކާގެ މި ބިއުޓީ ބްރޭންޑަކީ އިންޑިޔާގެ އުފެއްދުމެއް މުޅި ދުނިޔެއަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ތައާރަފު ކުރާ ބްރޭންޑެއް ކަމަށް ވެސް ދީޕިކާ ބުނެފައިވެއެވެ.

ދީޕިކާގެ މި ބިއުޓީ ސްކިން ކެއަރ ބްރޭންޑު އާއްމުންނާއި ހަމައަށް ފޯރާނީ އަންނަ އަހަރުގައި ކަމަށް ވެސް ދީޕިކާ ބުނެފައިވެއެވެ.

މީގެ ކުރިން ބޮލީވުޑުގެ ބަތަލާ ކެތުރީނާ ކެއިފު ވެސް ވަނީ ''ކޭ ބިއުޓީ'' ގެ ނަމުގައި މޭކަޕް ޕްރޮޑަކްޓްސް ތަޢާރަފްކޮށް އެންޓަޕްރިނިއާއަކަށް ވެފައެވެ. އެއަށްފަހު ދީޕިކާ ވެސް ސްކިން ކެއަރ ބްރޭންޑެއް ތަޢާރަފްކޮށް އެންޓަޕްރިނިއާއަކަށްވީއެވެ.

ދީޕިކާގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ ދެން އެންމެ އަވަހަށް ޕްރޮޑިއުސް ކުރުމަށް ނިންމާފައިވަނީ އެސްޓީއެކްސް ފިލުމުގެ ލޯބީގެ މަޖާ ފިލުމެކެވެ. މި ފިލުމު ދީޕިކާ ޕްރޮޑިއުސް ކުރަނީ އޭނާގެ ބިއުޓީ ބްރޭންޑުގެ ނަމުގައެވެ.

ދީޕިކާ އެންމެ އަވަހަށް ފެނިގެންދާނީ ޝަކުން ބަތުރާގެ ''83'' އިންނެވެ.