ޗައިނާގެ ބެއިޖިންގް ސިޓީގައި ހުރި ޔުނިވާސިޓީ އޮފް ފޮރިން ލެންގުއޭޖްގައި ދިވެހި ބަސް ކިޔަވައިދޭން ފަށައިފިއެވެ.

7 ސެޕްޓެމްބަރު ވީ އަންގާރަ ދުވަހު ޗައިނާގެ ޔުނިވާސިޓީގައި ދިވެހި ކިޔަވައިދޭން ފަށާފައިވާއިރު، މިއީ ރާއްޖެއިން ބޭރުގެ ޔުނިވާސިޓީއެއްގައި ދިވެހިބަސް ކިޔަވައިދޭ ފުރަތަމަ ފަހަރެވެ.

ދިވެހި ކޯސް ފެށުމުގެ ގޮތުން ބީއެފްއެސްޔޫގައި ބޭއްވި ހަފުލާއެއްގައި އެ ޔުނިވާސިޓީގެ އިސް ބޭފުޅުންނާއި ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންފައިވާ ކަމަށް ބީއެސްއެސްޔޫއިން ބުނެފައިވެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެފްއެސްޔޫގެ ސްޓޭންޑިން ކޮމިޓީގެ މެންބަރު ޒައު ގެންގް ވިދާޅުވީ، ޗައިނާގެ ޔުނިވާސިޓީގައި ދިވެހި ބަސް ކިޔަވައިދިނުމަކީ ލިބުނު ކުރިއެރުމެއް ކަމަށާއި، ޗައިނާ އާއި ރާއްޖެ އެމްބަސީއިން ގުޅިގެން ދިވެހިބަސް އެގައުމުގެ ޔުނިވާސިޓީގައި ކިޔަވައިދޭން ފެށުމުން ޗައިނާގެ ޒުވާން ޖީލުތަކަށް ރާއްޖޭގެ ތާރީހު ދެނެގަންނަން ފަސޭހަވެ، ދެގައުމުގެ ދެމެދުގައިވާ ކަލްޗަރަލް ތަފާތުތައް ނަގައިގަންނަން ފަސޭހަ ވެގެންދާނެކަމަށެވެ.

ޗައިނާގައި ހުރި ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ސޮބާޗް ރާޝިދް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އިންޓަނޭޝަނަލް ޔުނިވާސިޓީއެއްގައި ދިވެހިބަސް ކިޔަވައިދޭ ފުރަތަމަ ފަހަރަށްވާއިރު، މީގެ ސަބަބުން ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ގާތް ގުޅުން ފެނިގެންދާ ކަމަށެވެ.

ޗައިނާގެ ޔުނިވާސިޓީގައި ދިވެހިބަސް ކިޔަވައިދޭން ފެށުމާއި ގުޅިގެން ދިވެހިބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ "ޗައިނާގެ ބެއިޖިންގެ ޔުނިވަރސިޓީ އޮފް ފޮރިން ލޭންގުއޭޖުގައި ދިވެހިބަސް ކިޔަވައިދޭން ފެށުން މިއީ ދިވެހިބަސް ބައިނަލްއަގުވާމީ ދުނިޔެއަށް ތައާރްފުވާން ހުޅުވައިލެވުނު ޚާއްޞަ ދޮރެއް" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޒާ

    ޗައިނާ ބަރާބަރުވަނީ މިހެންވެ.

  2. ވިސްނާލުމަށް އެދެމޭ

    މަރުޙަބާ ޗައިނާ ޝުކުރިއްޔާ ޗައިނާ..ތިއީ އެކުވެރިއެއް ދިވެހިންނަ އިޙްތިރާ މުކުރާ ދިވެހިންގެ އަގު ވަޒަންކުރާ....ދިވެހިންގެ ކަރާ މާތަށް ޙުރު މަތްކުރު މަކީ ތިއީ ތިއީ ދުނިޔެއަށް މިސާލު ގައު މެ. ދިވެހިންގެ ދީން އިސްލާ މްދީނަށް އިޙްތިރާ މްކުރު މާއެކު ދިވެހިން ބަލައިގަތުން..ﷲ ޗައިނާގެ ވެރިންނަށާ ރައްޔިތުންނަ ހެޔޮވިސްނުން ދެއްވާށި..ޗައިނާގަތިބެޭ މުސްލި މުންނަށްވެސް އޯގާތެރިކަން ޗައިނާގެވެރިންގެ ހިތްތަކުގަލައްވާށި..އަދި ކުރިއެރުން ދެއްވާށި..

  3. ރެފްރީ

    ޔަގީނޭ އިންޑިއާވަރަށްރުޅިއަންނާނެ !!

    10
    2
  4. އަހުމަދު

    ދެން އިންޑިޔާގަ ފަށާނެ ވަރައް އަވަހައް

    5
    2
  5. އަރޫ

    ޗައިނާ ވަރެއް ހަމަ ނެތް ، ހަބޭސް. މަވެސް ބޭނުން ޗައިނާ އަށް ޗައިނާ ބަހާއި އެކު ދިވެހިބަހުން ކިޔަވަން . އިންޑިޔާ ގެރި ތައް ކީއްތަ މި ކުރަނީ؟

    8
    3
  6. އެހެންތަ

    މިވެސް ޖާސޫސު ކުރުމުގެ އުކުޅަކަށްވެދާނެ. ސުވާލަކީ މި ކުޑަ އާބާދީގެ އުޅޭ ޤައުމުގެ ބަސް ދަސްކުރަން އުޅެނީ ކީއްވެގެންހޭ. ހަމަ އަހާލީ

    1
    2
  7. އޭސާ

    ހެހެހެހެހެހެ...ޗައިނާ ؟ ޗައިނާގެ ސަރުކާރުން އެތާނގެ މުސްލިމުންނަށް ހަދާގޮތް ނުފެންނަ ނީ،...؟؟؟؟ އިންޑިޔާ އެއް ޗައިނާ އެއް ކިޔާނަމެއް ނެތް. ތީން އެއްޗެއްވެސް ރަނގަޅެއް ނޫން.