ދެކުނު ކޮރެޔާގެ ޑުރާމާތަކަކީ ގިނަ ބަޔަކު ޝައުގުވެރި ކަމާއި އެކު ބަލައި ޑުރާމާތަކެކެވެ. ދެކުނު ކޮރެޔާގެ ޑުރާމާތަކަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ޑުރާމާތަކެކެވެ.

ކޮންމެ މަހަކު ވެސް އައު ޑުރާމާތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދެއެވެ. މިގޮތުން އޮކްޓޫބަރު މަހު ނެޓްފްލިކްސްއިން ދެއްކުމަށް ހަމަޖެހިފައިވާ ދެކުނު ކޮރެޔާގެ ޑުރާމާތަކަކީ:

ރިފްލެކްސަން އޮފް ޔޫ (ސީޒަން 1)

އޮކްޓޫބަރު 13 ވަނަ ދުވަހު ދެއްކުމަށް ހަމަޖެހިފައިވާ މި ޑުރާމާއިން ފެނިގެންދާނީ ގޯ ހުއަން ޖަންގް، ޝިން ހުއަން ބިން، ކިމް ޖައެ ޔަންގް، ޗޮއި ވޮން ޔަންގް، އަދި ކިމް ޖޯ ހުއަންގްއެވެ. މި ޑުރާމާއަކީ މަޖާ އަދި ލޯބީގެ ޑުރާމާއެކެވެ.

ދި ކިންގްސް އެޓެންޝަން

އޮކްޓޫބަރު 11 ވަނަ ދުވަހު އެޅުވުމަށް ހަމަޖެހިފައިވާ މި ޑުރާމާއިން ފެނިގެންދާނީ ޕާކް އުން ބިން، ރޮވްވޮން، ނަމް ޔޫން ސޫ، ބައެ ޔޫން ޔަންގް އަދި ޗޮއި ޔަންގް ޗަންއެވެ. މިއީ ލޯބީގެ މަޖާ ޑުރާމާއެކެވެ.

މައި ނޭމް

އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ ދެއްކުމަށް ހަމަޖެހިފައިވާ މި ޑުރާމާއިން ފެނިގެންދާނީ ހަން ސޮ ހީ، އާން ބޯ ހުއަން، ޕާޚް ހީ ސޫން، ކިމް ސެންގް ހޯ، އަދި ލީ ހަކް ޖޫއެވެ. މިއީ އެކްޝަން، ތުރިލާ ފިލުމެކެވެ.

މިހާރު ނެޓްފްލިކްސްއިން ދައްކަމުންދާ ޑުރާމާތަކުގެ ތެރެއިން އެންމެ މަގުބޫލު ޑުރާމާއަކީ ހޯމް ޓައުން ޗަޗަޗައެވެ. ކިމް ސިއޯން ހޯއާއި ޝިން މިން އާހްގެ ކެމިސްޓްރީ ދައްކުވައިދޭ މި ޑުރާމާ ވަނީ ހުރިހާ ލިސްޓެއްގެ އެއްވަނައިގައި ހިމެނިފައެވެ.