ނެޓްފްލިކްސްގެ ބިރުވެރި ސީކުއެލް "ޑޯންޓް ބްރީތް 2" ބެލުމަށް ފަހު އެކަނި އުޅެން ބިރުގަންނަ ކަމަށް އެތައް ބަޔަކު ބުނަން ފަށައިފިއެވެ.

މި ފިލްމް ބެލި ބައެއް މީހުން ބުނެފައިވާގޮތުގައި ދާދި ފަހުން ނެޓްފްލިކްސްްއަށް އައި އެ ފިލްމު އައި ފިލްމް ބަލަން ފެށުމުން ބިރުން ގޮސް ހަޅޭއްލަވައި ގަނެވޭ ވަރުވެސްވާ ކަމަށެވެ.

2016 ވަނަ އަހަރުގެ އޮރިޖިނަލް ފިލްމަކީ ބޮޑު ވައްކަންކުރާ ތިން މީހަކު، އެހެން ވިސްނުމެއް ގެންގުޅޭ ކަނު ފިރިހެނެއް ކަމަށްވާ ނޯމަން ނޯޑްސްޓްރޯމްގެ ގެއަށް މި މީހުން ވަދެ ކަންތައް ވަމުންދާ ގޮތުގެ މައްޗަށެވެ.

އަދި 2021 ވަނަ އަހަރު ނެރެފައި ވަނީ އެ ފިލްމްގެ ތަފާތު ސީކުއެލްއެކެވެ.

މި ފިލްމު ނެޓްފްލިކްސް އިން ނެރުމާއެކު، ގިނަ ފޭނުން ވަނީ އެ ފިލްމު ބެލުމަށް ފަހު އެކަނި ގޭގައި ހުންނަން ބިރުގަންނަ ކަމަށް ޓްވިޓާގައި ބުނެފައެވެ.

އެގޮތުން ދެވަނަ ފިލްމް ފުރަތަމަ ފިލްމަށް ވުރެ ހަރުކަށި އަދި ބިރުވެރި ކަމަށެވެ.

"ޕާފެކްޓް ތިއޭޓާ މޮމެންޓްސް. ފިލްމުގެ ބޮޑު ބައެއް ދެމިއޮންނަނީ ހޯމް އިންވޭޝަން ޖޯންރާގެ ވާހަކަތަކަށް". އިތުރު މީހަކު ބުނެފަައި ވެއެވެ.

މި ފިލްމް އައިސްފައި ވަނީ ޓިން އާއި ޓީނާ ނަމަކަށް ކިޔާ ސްޕެއިންގެ ބިރުވެރި ފިލްމެއްގެ ސަބަބުން ނެޓްފްލިކްސްގެ ސަޕޯޓަރުން ވެސް އެހާމެ ބިރުގަނެފައި ތިބި ދަނޑިވަޅެއްގައެވެ.