"ސްޓްރޭންޖާ ތިންގްސް" ގެ އެކްޓަރު މިލީ ބޮބީ ބްރައުން ލޯބިވެރިޔާ ޖޭކް ބޮންޖިއޯވީއާ އެންގޭޖްވިކަން އިއުލާނު ކޮށްފިއެވެ.

ދެ ލޯބިވެރިން އެކުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް 19 އަހަރުގެ ބޮބީ ވަނީ އިންސްޓަގްރާމްގައި ޕޯސްޓެއް ހިއްސާ ކޮށްފައެވެ. އެ ޕޯސްޓް ކުރުމުގެ އެތައް ބައެއްގެ ލޮއްބާއި ފާޑުކިޔުން ވެސް އަމާޒުވިއެވެ. އެގޮތުން އެއް ބަޔަކު ވަނީ މާ ޅަ އުމުރުގައި އެންގޭޖްވުން ޖޯކަކަށް ހަދައިގެން ވާހަކަ ދައްކަން ފަށައިފައެވެ.

އެ ފޮޓޯގައި ބޮބީގެ ވައަތުގައި ޑައިމެންޑް ރިންގެއް އަޅުވާފައިވާތަން ފެނިގެން ދެއެވެ.

އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީވެސް އެކްޓަރަކާއެވެ. ޖޭކްވެސް ވަނީ ބޮބީއާއެކު ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމަށް ދޫކޮށްލާފައެވެ. އަދި އެކުގައި މުޅި އުމުރު ހޭދަ ކުރާނެ ކަމަށް ބުނެފައި ވެއެވެ.

އިނގިރޭސި ބަތަލާއެއް ކަމަށްވާ ބޮބީ މަޝްހޫރުކަން ހޯދީ ނެޓްފްލިކްސްގެ ހިޓް "ސްޓްރޭންޖާ ތިންގްސް" ގެ ކެރެކްޓާ އެލެވަން އިންނެވެ. ބޮންޖިއޯވީ 20އ އަކީ ކުރިއަށް އޮތް ކޮމެޑީ "ރޮކްބޮޓަމް" ގެ ތަރިއެކެވެ.