އިންޑިޔާއާއި އިންޑިޔާއިން ބޭރުގައި ހޯދި ބޮޑު ކާމިޔާބީއަކަށްފަހު ރާނީގެ ފަހުގެ ފިލްމު "މިސިސް ޗަތެރްޖީ ވަރސަސް ނޯވޭ" ނެޓްފްލިކްސްގައި އަޅުވައިފިއެވެ.

ރާނީގެ އައު ފިލްމަށް ވަނީ އެ ފިލްމު ނޯރވޭއަށް ތަޢާރަފްކުރިތާ އެންމެ 3 ދުވަސް ތެރޭގައި 745 ކެރެޓް ނޯވޭޖިއަން ކްރޯންސް ހޯދާފައެވެ. މިއީ ބޮލީވުޑްގައި އަދި އިންޑިއާއިން ބޭރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ޝާހްރުކް ޚާންގެ "ޕަތާން"އަށް ނޯރވޭގައި ނުލިބޭ ވަރުގެ ތަރުހީބެކެވެ.

"މިސްއިސް ޗަތެރްޖީ ވަރސަސް ނޯވޭ" އަށް މިވަރުގެ ތަރުހީބެއް ނޯވޭގައި ލިބިފައި މި ވަނީ މި ފިލްމަށް ނޯރވޭ ސަރުކާރުގެ ފާޑުކިޔުންތައް އަމާޒުވަމުން ދިޔަ ދަނޑިވަޅެއްގައިއެވެ.

"މިސްއިސް ޗެޓަރޖީ ވާސަސް ނޯވޭ" އަކީ ނޯވޭ ގައި ދިރިއުޅެމުން ދިޔަ އިންޑިއާގެ ދެމަފިރިއެއްގެ ދަރިން ނޯވޭގެ ދައުލަތައް ނެގުމުން ދަރިން ހޯދުމަށް އެ ދެމަފިރިން ނޯވޭގެ ސަރުކާރާއި ދެކޮޅަށް ކުރި މަސައްކަތްތަކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. އެހެންކަމުން، މި ފިލްމަކީ ހަގީގީ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

ފިލްމުގެ ސްކްރީނިންގއަށް ހާއްސަކޮށް ދައުވަތު އެރުވުނު އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ނޯވޭގެ ސަފީރު ވިދާޅުވެފައިވަނީ އެ ފިލުމުގައި ހަގީގަތާއި ހިލާފު ކަންކަން ހުރި ކަމަށާއި، އެއީ ހިޔާލީ ފިލްމެއް ކަމަށެވެ.

2011 ވަނަ އަހަރު ނޯވޭގެ ފޯސްޓަރ ކެއަރ ސިސްޓަމުން ވަނީ އެ ފިލްމުގެ ވާހަކަ ބިނާކޮށްފައިވާ ދެމަފިރިންގެ ދެ ދަރިން ގެންގޮސްފައެވެ. އެ ދެކުދިން މައިންބަފައިންނާއި ދުރުކޮށްފައިވަނީ ސަގާފަތާއި އާދަކާދައިގައި ހިމެނޭ ތަފާތުތަކުގެ ސަބަބުން، އެ ދެމަފިރިން ދަރިންނަށް އިހާނެތިކޮށް ހިތަނީ ކަމަށް ބުނެއެވެ.

ސާގަރިކާ ޗަތެރްޖީގެ ދެ ދަރިން ނޯވޭގެ ސަރުކާރަށް ނެގުމަށްފަހު، ދެ ގައުމުގެ ދޭތެރޭގައި ޑިޕްލޮމެޓިކް މައްސަލަތައް ޖެހި އެންމެ ފަހުން ނޯވޭގެ އިދާރާތަކުން ވަނީ ދަރިން އެކުދިންގެ ބޮޑުބޭބެ އާއި ހަވާލު ކޮށްފައެވެ. އެއަށްފަހު އޭނާ ވަނީ އެކުދިން އިންޑިއާއަށް ގެނެސްފައެވެ.

ކައިވެނި ރޫޅުމަށްފަހު ދަރިން ހޯދަން ސާގަރިކާ މަސައްކަތް ކޮށްފައިވަނީ އެކަންޏެވެ.