އެޕްލްގެ އެއާޕޮޑްސް 3 އަންނަ މަހު ބާޒާރަށް ނެރެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އެޕަލްގެ އެންމެ ބޮޑު އިވެންޓު މި މަހުގެ 14 ވަނަ ދުވަހު ބާއްވާފައިވާއިރު އެ އިވެންޓުގައި އެ ކުންފުނީގެ އެންމެ ފަހުގެ އައިފޯން އަދި އައިޕެޑް ވަނީ އަދި އައިވޮޗް ދައްކައިލާފައެވެ. އެތައް މަހެެއް ވަންދެން ގިނަ ބަޔަކު އިންތިޒާރުކުރި މި އިވެންޓު ނިމިފައިވާއިރު ދެން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަނީ އެއާޕޮޑް ނެރޭނެ ތާރީހަކަށެވެ.

އެންމެ ފަހުގެ ޓެކް ހަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނާގޮތުގައި އަންނަ މަހު ނެރުމަށް ހަމަޖެހިފައި ވަނީ ސެކަންޑް ޖެނެރޭޝަން އެއާޕޮޑްސް ޕްރޯ އާއި އެއާޕޮޑްސް 3 އެވެ.

ޑިޖީޓައިމްސް އިން ބުނާގޮތުގައި އެއާޕޮޑްސް 3 އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިފަހަރު ނެރޭ އެއާޕޮޑްސްގެ ބެޓަރީ ކުރިން ނެރެފައިވާ އެއާޕޮޑަށްވުރެ ގިނަވަގުތު ހިފަހައްޓާނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓެކް މައުލޫމާތު އެނަލިސްޓް ކުރާ ފަރާތެއް ކަމަށްވާ މިންގ ޗީ ކުއޯ ބުނާގޮތުގައި މިފަހަރު ނެރޭ އެއާޕޮޑްސްގެ އަގު ކުރިން ނެރުނު އެއާޕޮޑަށްވުތެ ބޮޑު ނުވާނެއެވެ. އޭނާ ބުނީ އަނެއް ހާލަތުގައި މިފަހަރު ނެރޭ އެއާޕޮޑްގެ އަގު ބޮޑުވެސް ވެދާނެ އެވެ.

އެޕަލް އިން މި އަހަރު ނެރޭ އެއާޕޮޑްސްގެ ފޮޓޯތަކެއް ކަމަށް ބެލެވޭ ފޮޓޯތަކެއް މިހާރު އިންޓަނެޓްގައި ދައުރުވަމުންދާއިރު އެ ފޮޓޯތަކުން ފެންނަ އެއާޕޮޑްގެ ސްޓެމް ކުރުވާނެއެވެ. ކުރިން ނެރުނު އެއާޕޮޑްގެ ވެސް ސްޓެމް ކުރުއިރު މިއީ ބޮޑު ފަސޭހައެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު