ޕްރިންސް ހެރީ އާއި މޭގަން މާކެލްގެ ޚަބަރުތަކަކީ މިހާރު އެންމެ ގިނަ ބަޔަކު ސަމާލުކަން ދޭ ޚަބަރުތަކެވެ. ދެމީހުންގެ ކައިވެނީގެ "ހަނީމޫން ދުވަސްވަރު" ވެސް އަދި ނުނިމެއެވެ. ނަމަވެސް ދެމީހުންގެ ކައިވެންޏާއި ބެހޭ ތަފާތު ވާހަކަތަކާއި މޭގަން ޝާހީ އާއިލާގެ ކަންކަމަށް ފަރިތަވުމަށް ކުރަމުން ގެންދާ މަސައްކަތުގެ ޚަބަރުތައް ކޮންމެ ދުވަހަކު މީޑިއާގައި އޮވެއެވެ.

މިފަހަރު ވެސް މިއޮތީ ވަރަށް ތަފާތު ޚަބަރެކެވެ. ރަސްމީ ހަފްލާއެއްގެ ތެރެއިން މޭގަންގެ އަތުގައި ހިފަން ޕްރިންސް ހެރީ ދެކޮޅު ހެދީއެވެ.

ބަކިންހަމް ޕެލަސްގައި ޒުވާން ލީޑަަރުންނާއި ބައްދަލުކުރަން ރާނީ އެލިޒަބަތު ބޭއްވި ހަފްލާއެއްގައި މޭގަން އާއި ޕްރިންސް ހެރީ ވެސް ބައިވެރިވިއެވެ. ނަމަވެސް ރަސްމިއްޔާތުގެ ތެރެއިން ޕްރިންސް ހެރީގެ އަތުގައި ހިފަން މޭގަން އުޅުމުން މީހުންނަށް ނޭނގޭނެ ގޮތައް ޕްރިންސް ހެރީ ވަނީ އަތް ދުރުކޮށްލާފައެވެ.

މަންޒަރު ބަލާ މީހުންނަށް އެކަން ފާހަގަ ނުވާނެ ކަމަށް ހީވި ނަމަވެސް ކަންތައްވީ އެހެންނެއް ނޫނެވެ. އިނގިރޭސިވިލާތުގެ މީޑިއާތަކުން މިހާރު ގެންދަނީ އެމަންޒަރުގެ ވީޑިއޯތައް ދައްކަމުންނެވެ.

ޕްރިންސް ހެރީ މޭގަންގެ އަތުގައި ހިފަން ދެކޮޅު ހެދިނަމަވެސް އެއީ ކައިވެނީގައި މިހާ އަވަހަށް ރެނދުލީއެއް ނޫނެވެ. ޝާހީ އާއިލާ މެންބަރުން އަމަލު ކުރަމުން އަންނަ އުސޫލަކީ އެއްވެސް ރަސްމީ ހަފްލާއެއްގައި ޝާހީ އާއިލާގެ ދެމަފިރިން އެކަކުގެ އަތުގައި އަނެކަކު ނުހިފުމެވެ.

މޭގަން އަށް އެކަން ނޭނގި ޕްރިންސް ހެރީގެ އަތުގައި ހިފަން އުޅުމުން ޕްރިންސް ހެރީ އެކަމާއި ދެކޮޅު ހެދީއެވެ.

އެހެންކަމުން ޝާހީ އާއިލާ ދެކެ ލޯބިވާ މީހުން އަދި ހިތާމަކުރަން ޖެހޭ ހިސާބަކަށް ނުދެއެވެ.

ކައިވެންޏަށް ފަހު މޭގަން އާއި ޕްރިންސް ހެރީ އަތުގައި ހިފައިގެން ތިއްބާ ފެނިފައިވާ ހަފްލާތަކަކީ ނުރަސްމީ ހަފްލާތަކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވައި

    ދެން ކިހާ ބޮޑު ކަމެއް. ބަލަ އެއީ ދެމަފިރިންނެއް ނޫންތަ. ދެން މާ ރޯޔަލީވެގެން.

  2. ދިރާސާ

    މި ދުނިޔެމަތީ މޭގަން އަށް ކުރެވުނު އެންމެ މޮޔަ ކަންތައް... ދެން ހަމަޖެހިގެން ނޭވާއެއްވެސް ނުލެވޭނެ.. ރޯޔަލް ވެގެން ގޮސް، ރައްޔިތުންގެ އަތުން ލާރިނަގައިގެން ރޯޔަލް ވެގަނެގެން ތިބި ބައެއް.. ހާދަފޫއްސެއް ވެޔޭ