ބިގް ބޮސް އިން މަޝްހޫރުކަން ލިބިފައިވާ ސިދާތު ޝުކުލާއާއި ޝެހެނާޒް ގިލްގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔައީ ވެސް ބިގް ބޮސްއިންނެވެ

ބިގް ބޮސްއަށް ފަހު އިތުރު ޑުރާމާތަކާއި އިތުރު ވީޑިއޯ ލަވައިގެ އިތުރުން ޝެހެނާޒްއަށް ވަނީ ފިލުމަކުން ވެސް ފުރުސަތު ލިބިފައެވެ. ޕަންޖާބީ ފިލުމެއް ކަމުގައިވާ ''ހޯސްލާ ރަކޯ'' ގެ ޝޫޓިންއަށް ޕްރޮމޯޝަނަލް ލަވައެއް ކުޅުމަށް ސެޕްޓެމްބަރު މަހު 15 ވަނަ ދުވަހު ލަންޑަނަށް ފުރަން ތައްޔާރުވެފައިވީ ނަމަވެސް ޝެހެނާޒް ފުރުން ލަސްކުރީއެވެ. އޭނާ ފުރުން ލަސްކުރީ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ހާޓް އެޓޭކެއް ޖެހިގެން ކުއްލި ގޮތަކަށް ސިދާތު ޝުކުލާ މަރުވުމާއި ގުޅިގެންމެވެ. އެއީ ޝެހެނާޒްގެ ލޯބިވެރިޔާއެވެ. އެ މީހުން ކައިވެނި ކުރަން ދިޔައީ ތައްޔާރުވަމުންނެވެ. އެ މަރާއެކު ޝެހެނާޒްއަށް ވަނީ ވަރަށް ފުން އަސަރެއް ކޮށްފައެވެ.

އެކަމާއި ގުޅިގެން ޝެހެނާޒުގެ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި އެތައް ދުވަހެއް ވަންދެން އެނދުމަތި ކުރިއެވެ. ޝެހެނާޒުގެ ހާލު އަދި ވެސް މުޅިން ހަމައަކަށް ނޭޅެއެވެ.

''ހޯސްލާ ރަކޯ''ގެ ޕްރޮޑިއުސަރ އަދި އެކްޓަރ ދިލިތު ދޯސަންޖް ބުނެފައިވަނީ ފަސް ކުރެވުނު ލަވައިގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

''ޝެހެނާޒުއަށް ކުރިމަތިވި ހިތްދަތިކަމުން އަރައިގަނެވެންދެން މި ތިބެނީ. ލަންޑަންގައި ސެޕްޓެމްބަރު 15 ވަނަ ދުވަހު ޝޫޓް ކުރުމަށް ހަމަޖެހިފައިވަނީ. ނަމަވެސް ކަންތައް ދިމާވިގޮތުން ފަސްކުރަން ޖެހުނީ. ލަވައިގެ ޝޫޓިން ވަރަށް އަވަހަށް ތާވަލު ކުރާނަން. ޝެހެނާޒް ވެސް ބައިވެރިވާނެ. ޝެހެނާޒުގެ މެނޭޖަރާއި އެކަމާއި ވާހަކަ ދައްކަމުން މިދަނީ'' އެކްޓަރ ދިލިތު ބުނެފައިވެއެވެ.

ޝެހެނާޒުއާއި ސިދާތު މި އަހަރުގެ ފަހުކޮޅު ކައިވެނި ކުރުމަށް ތައްޔާރު ވެފައިވާ ކަމަށް ވެސް އިންޑިޔާގެ ޚަބަރުތަކުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު