ދިވެހިންގެ މެދުގައި މަގްބޫލުކަމެއް ހޯދާފައިވާ ކަރައޯކޭ މޯބައިލް އެޕްލިކޭޝަން "ސްޓާމޭކާ"ގައި ރައިޒިންގ މޯލްޑިވްސްއިން އިސްނަގައިގެން ކުރިޔަށްގެންދާ ލަވަ މުބާރާތުގެ ފައިނަލް މިރޭ 10 ޖަހާއިރު ކުރިޔަށް ގެންދަން ނިންމައިފިއެވެ.

މި ލަވަ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މުބާރާތަކަށް ވާއިރު، މި ޑުއެޓް ޗެލެންޖުގައި ޖުމްލަ 22 ފަރާތެއް ބައިވެރިވެފައިވެއެވެ. އޭގެ ތެރެއިން ޖަޖުންނަށް ކަމުދިޔަ ހުށަހެޅުމެއް ދައްކުވާލި 10 ބައިވެރިޔަކު ހޮވައި، މިރޭގެ ފައިނަލްގައި އެ 10 ފަރާތުގެ ހުށަހެޅުން ފެނިގެންދާނެއެވެ.

ރައިޒިންގ މޯލްޑިވްސްގެ އިސްފަރާތް ކަމުގައިވާ އަހްމަދު ރިފާޒް "ވަގުތު"އަށް މައުލޫމާތު ދެމުން ވިދާޅުވީ މި މުބާރާތަކީ ރައިޒިންގ މޯލްޑިވްްސްއިން ލަވަކިޔާ މީހުންނަށް ހާއްސަކޮށްގެން ޑުއެޓް ލަވަ ހުށަހެޅޭނެ ގޮތަށް ކުރިޔަށް ގެންދާ އިވެންޓެއް ކަމަށެވެ. މި މުބާރާތުގައި އެއްވަނައަށް ދާ ފަރާތަކަށް ފައިސާގެ އިނާމު ހުށަހަޅާފައިވާކަން ރިފާޒް ފާހަގަ ކުރެއްވިއެވެ.

ގަދަ 10 ބައިވެރިންގެ ފައިނަލް ހުށަހެޅުން މިރޭ ކުރިޔަށްދާއިރު، މި ހުށަހެޅުންތައް އަޑު އަހާލަން ބޭނުންވާ ފަރާތްތަކުން ރައިޒިންގ މޯލްޑިވްސްގެ ރޫމަށް (ރޫމް ކޯޑް:1369398) ޖޮއިން ކޮށްލުމަށް ރައިޒިންގ މޯލްޑިވްސްއިން އެދެއެވެ.

"އަންނަ އަހަރު މާރޗް 3ވަނަ ދުވަހު ސްޓާމޭކާ މެދުވެރިކޮށް ރައިޒިންގ މޯލްޑިވްސް އައިޑަލްއެއް. އެއީ ރައިޒިންގ މޯލްޑިވްސްގެ އަހަރީ ދުވަހާއި ދިމާކޮށް" މިހާރު ކުރިޔަށް ގެންދަމުންދާ މުބާރާތައް މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ފާހަގަކޮށް، އިތުރަށް ރާވާފައިވާ ހަރަކާތްތައް ކިޔައިދެމުން ރިފާޒް ވިދާޅުވިއެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން ބައިވެރިވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީ

    ނޫހުގަ ޖަހާފަ ރޫމް ފެމެލީ މެމްބަރުން ނަށް އެކަނި ވަދެވެގޮތަށް . ؟؟؟

    1
    1
    • ތެދު

      މަށަކީ އެހެން ފެމެލީ މީހެއް މަށަށް ވަދެވުން އެކަމު... ތިވާނީ ޖެއްސުން ބޮޑުވެގެން ބޭރު ކޮއްލީ ކަމަށް ތިޔަ ބޭފުޅާ.

  2. ޝުހާ

    ސާބަސް ރައިޒިން މޯލްޓިވެސް ކުދިން ތިކުރިހިއްވަރަށް ان شاء اللہކާމިޔާބުވާނެ