ރެޕް ލަވައަކީ މިހާރަކަށް އައިސް ވަރަށް ބޮޑަށް އާންމުންގެ ތެރޭގައި މަގުބޫލުވެފައިވާ ބާވަތެއްގެ މިއުޒިކްއެކެވެ. މިގޮތުން މިފަދަ މިއުޒިކްއަކީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް ހިފާލާފައިވާ މިއުޒިކްއަކަށްވާއިރު މި މިއުޒިކް ޖޯންރާއަށް ދިވެހި އާ އެތައް ފަންނާނުންނެއްވެސް ދަނީ ކޮންމެ ދުވަހަކުހެން ތައާރަފްވަމުންނެވެ. މިފަދަ މިއުޒިކް ޖޯންރާއެއް ދިވެހީންގެ މެދުގައި އެހާ މަގުބޫލުވެފައިވަނީ ކީއްވެތޯ ބަލާލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

ދިވެހީންނަކީ ރެޕް މިއުޒިކްއަށް އާ ބައެކޭ ބުނެވެން ނެތް ނަމަވެސް މި ބާވަތުގެ މިއުޒިކް ދިވެހިންގެ ތެރޭގައި އަށަގަންނަން ފަށާފައިވަނީ މި ފާއިތުވެދިޔަ މަދު އަހަރުތަކުގެ ތެރޭގައެވެ. ރާއްޖޭގެ މިއަދުގެ ޒުވާނުން އެމީހުންގެ ޅަ އުމުރުގައި ދިޔައީ ބޭރު ދުނިޔޭގެ މަޝްހޫރު ރެޕް އާޓިސްޓުންކަމުގައިވާ އެމިނެމް އަދި 50 ސެންޓް ފަދަ ތަރިންގެ މިއުޒިކްއަށް ސަޕޯޓުކުރަމުންނެވެ.

މިގޮތުން ބައެއް ފަރާތްތަކުން ރެޕް މިއުޒިކް މަގުބޫލުވެފައިވާ މައިގަނޑު އެއް ސަބަބަކީ މި ބާވަތުގެ މިއުޒިކްއަކީ ދިވެހި އެތައް ފަންނާނުންނެއް ބޭރު ގައުމުތަކުގެ އާޓިސްޓުންގެ ފަރާތުން އުގެނުމަށްފަހު ދިވެހިންގެ ތެރެއަށް ގެނެސްދީފައިވާ ހުނަރުވެރިކަމެއްގެ ސަބަބުން ކަމަށް ގަބޫލު ކުރެވެއެވެ. އަދި ރެޕް މިއުޒިކްގެ އަސްލު ހުނަރުވެރިކަން ދިވެހި ފަންނާނުންގެ ތެރޭގައިވެސް ހުރިކަން މިދާއިރާގެ އެތައް ފަންނާނުންނެއް ދަނީ ސާބިތުކޮށްދެމުންނެވެ.

މީގެ އިތުރުންވެސް ރެޕް މިއުޒިކްއަކީ ދިވެހި ގިނަ ފަރާތްތަކަށް އެބައެއްގެ ހަޔާތާއި ގުޅިފައިވާ އެއްޗެއްކަމުގައިވެސް ވަނީ އިހުސާސްކުރެވެން ފަށައިފައެވެ. އަދި މިއީ ދިވެހިންގެ ހަޔާތުގެ އެކި އެކި ވާހަކަތައް އާދަޔާޙިލާފްގޮތަކަށް ގެނެސްދިނުމަށް ބޭނުންކުރެވޭ އެއްޗެއްކަމުގައި ވުމާއިއެކުގައި ވެސް މި ބާވަތުގެ މިއުޒިކް ވަނީ ވަރަށް ބޮޑަށް މަގުބޫލުވެފައެވެ. މިއީ ދިވެހިންގެ މެދުގައި އަދި ވަކިން ހާއްސަކޮށް ޒުވާނުންގެ މެދުގައި ރެޕް މިއުޒިކްއަށް އެހެން ބާވަތްތަކުގެ މިއުޒިކްއަށްވުރެ އިސްކަމެއް މިހާރަކަށް އައިސް ދެވެމުންދާ ބައެއް ސަބަބުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލްޖިބްރާ

    ﷲ ހަރާން ކުރައްވާފައިވާ ކަންތަކާއި ގިނަގިނައިން ގާތްވެ އުޅޭ ބަޔަކަށް ތިޔަ ރެޕް މިއުޒިކާއި ގާތްވުން ބޮޑުވާނެ !

    4
    1
  2. ސަރީ

    މަގްބޫލެއްނޫން..

  3. ގަމާރުންނޭ

    ދިވެހިންގެ މެދުގައި އައިރު މުސްލިމުން ކުޅޭ ރެޕް ލަވަ މަޝްހޫރުވަނީ އެމެން ޢާފިލު ކަމުގެ ތެރެއަށް ގެއްލި ހުސްވާތީއޭ އިހަށް ދުވަހު ކަހުފު ސޫރަތް މީހަކު ކިޔާ ތަން ޓީވީން އިވުމުން މަމެން ގާތު އިން އަންހެން މަންޖެ ގާުތު އަހާލީމޭ މިހާރު އެކިޔަވަނީ އެއީ ކީރިތި ޤުރުއާނުގެ ކޮން ސޫރަތެއްތޭ އެ މަންޖެ ވިސްނަން ހުރެފައި ބުނީ ނޭގެއޭ އެކަމަކު ޑިގްރީ ހަދައިގެން ހުރި މަންޖެ އެއް ކަމަށޭ އޭނާ ބުނަނީ މީއޭ ފެންވަރު ހުރި ވަރަކީ މުޅިން ވެސް ފޭކް އޮފް ދަ ފޭކްއޭ ސެރޓިފިކެޓް ވެސް ފޭކް މީހާ ވެސް ފޭކް އެއްވެސް އެއްޗެއް ނޭގެއޭ އެހެންވެއޭ ކޮތަޅު ޓެކްސް ވެސް އަތަށް ގޮވައިގެން އުޅެނީ ހިސާބު އިލްމްގެ އަލިފުބާ ވެސް ދަންނަ އެކަކު ވެސް މީރާގައި ވެސް އަދި ފިނޭންސް މިނިސްޓްރީގައި ވެސް އަދި ތިމާވެށި މިނިސްޓްރީ ގައި ވެސް ނެތޭ ފުރަތަމަ ތިމާވެށި މިނިސްޓަރު އެއީ ވެސް ދަ ކިއްލި ތަޅާ ކިޔަވައިގެން ހުރި މީހެކޭ އޭނާ އަށް ކިހިނެއްތޭ މެތެމެޓިކްސް އިނގޭނީ ނޭގޭނެއޭ އެ މެން ބުނަނީއޭ އިނގޭނެއޭ އެކަމަކު ހަމަ ނޭގެެއޭ ގަމާރުންނޭ ގަމާރުންނޭ ގަމާރުންނޭ ގަމާރުންނޭ ގަމާރުންނޭ ގަމާރުންނޭ ގަމާރުންނޭ ގަމާރުންނޭ ގަމާރުންނޭ ގަމާރުންނޭ ގަމާރުންނޭ ގަމާރުންނޭ ގަމާރުންނޭ ގަމާރުންނޭ ގަމާރުންނޭ ގަމާރުންނޭ ގަމާރުންނޭ ގަމާރުންނޭ ގަމާރުންނޭ ގަމާރުންނޭ ގަމާރުންނޭ ގަމާރުންނޭ

    3
    1
  4. Anonymous

    ދިވެހިންގެ ތެރޭގައިވެސް އެހެން ޤައުމެއްގައި ވެސް ﷲ ހަރާމްކުރެއްވި އެއްޗެހި މަޤުބޫލުވާނީ އޭގެ ހަޤީޤަތާއި އަސްލު ނޭނގޭ މީހުންނަށް. މަށަކީވެސް ދިވެެއްސެއް. އެކަމަކު މިއުޒިކާއި ރެޕްލަވަ ކަމުނުދަނީ އެއީ މުންކަރާތްތަކާއި ފާހިޝްކަންތަކަށް މަގުދައްކައިދޭ އެއްޗަކަށް ވާތީ. ޤުރުއާނާއި ސުންނަތުގައި މިފަދަ އެއްޗެހި ހަރާމްކުރައްވާފައި ވާތީ.
    އަމުދުން ތިޔައިން މަޝްހޫރު ރެޕުލަވައެއްގެ ދިވެހި ތަރުޖަމާ ކޮށްފިނަމަ އަހާލަން ވެސް ނުކެރޭނެ.
    ދެން ދިވެހިންނަކީ ވަރަށް ކޮޕީކުރާ ބައެއް. ކޮޕީކުރަން ޖެހޭ ބޭކަލުން ބައިތިއްބާފާ ކޮޕީކުރަނީ ހުޅަނގުގެ ޤައުމުތައް. ހިތައް އަަރާކަހަލަ ﷲ ހަރާމްކުރެއްވި ކަންތައް ނުކޮށެއް މަޖަލެއް ނުނެގޭނެއޭ.