ރާއްޖޭގެ ބޭންޑެއް ކަމަށްވާ "ދަ ކަބާންސް" އިން ހުށަހަޅައިދީފައިވާ މަންޓާ އެއާގެ ތީމް ލަވަ “ވިންޑް ވޯކަރ”ގެ ޑިސްޓްރިބިއުޝަން ރައިޓްސް އެމެރިކާގެ ރެކޯޑް ލޭބަލެއް ކަމަށްވާ “ވޯރނާރ މިއުޒިކް” އިން ގަނެފިއެވެ.

ރާއްޖޭގައި ފިޔަޖަހަމުން އަންނަ މަޤްބޫލު ބޭންޑު "ދަ ކަބާންސް"ގެ އުފެއްދުމެއް ކަމަށްވާ“ވިންޑް ވޯކަރ”ގެ ޑިސްޓްރިބިއުޝަން ރައިޓްސް ވޯނާ މިއުޒިކުން ނަގާފައިވާކަން މިވަނީ އިއުލާންކޮށްފައެވެ. މިއީ ރާއްޖޭގެ މިއުޒިކެއް ދުނިޔޭގެ އެހެން ޤައުމެއްގައި ޑިސްޓްރިބިއުޓް ކުރާ ފުރަތަމަ ފަހަރެވެ.

“ވިންޑް ވޯކަރ” ލަވަ ސްޕޮޓިފައި އިން މިހާރު އަޑުއަހައިލެވޭނެ އެވެ.

“ވިންޑް ވޯކަރ”އަކީ އަހުމަދު ފައިޒާން (ފައިޒަން)ގެ ޕްރޮޑަކްޝަނެކެވެ. މިލަވަ ލިޔެފައި ވަނީ ނައުފަލް ނައީމް (ނާނު) އަދި ލަވަ ކިޔާާފައިވަނީ “ދަ ކަބާންސް” ބޭންޑު މެންބަރުންގެ އިތުރުން، މޯލްޑިވިއަން އައިޑަލްގެ ތަރި މަރިޔަމް މައިޝާ އެވެ.

މި ބޭންޑުގެ އެންމެ ފަހުގެ އަލްބަމް މިއަހަރު ފަހުކޮޅު ނެރެން ތައްޔާރުވަމުންދާއިރު އެ އަލްބަމް ވެސް ޑިސްޓްރިބިއުޓް ކުރާނީ “ވޯރނާރ މިއުޒިކް” އިން ކަމަށް ވަނީ ހާމަކޮށްފައެވެ.

މަންޓާ އެއާގެ ތީމް ލަވަ ހުށަހެޅުމަށް އެ ބޭންޑަށް ލިބިގެން ދިޔަ ފުރުސަތު ވެގެން ދިޔައީ އެބޭންޑަށްވެސް އަދި ރާއްޖެއަށްވެސް ލިބުނު ވަރަށް ބޮޑު ފަޚުރަކަށެވެ. އަދި ދިވެހި މިއުޒިކް އިންޑަސްޓްރީ އެއް ލެވެލުން އަނެއް ލެވެލަށް ގެންދިއުމަށް ފަހިވެގެން ދިޔަ ފުރުޞަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޭޖދޖދޖ

    ނަރަކައިގެ އެއް އަޒާބުން ވޭންދެނިވި އަނެއް އަޒާބައް ދާން ލިބުނު ކުރި އެރުމެކެވެ.

    8
    1