ރާއްޖޭގެ ހުރިހާ ސްކޫލުތަކުން ބައިވެރިވެވޭނެ ގޮތަށް ލަވަ މުބާރާތެއް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއެކު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ކޮމިއުނިޓީ، ނޭޝަނަލް ސެންޓަރ ފޯރ ދި އާރޓްސް އާޢި ޕަބްލިކް ސާރވިސް މީޑިއާއެވެ.

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު އަލީއެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހުލޫފް އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިންޓަރސްކޫލް ލަވަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަހަރަކު އެއްފަހަރުއެވެ. މި މުބާރާތުގެ އިންޑިވިޖުއަލް ޕާފޯމަންސްގައި ވާދަކުރާނީ ދެބަޔަކަށް ބަހާލެވިގެން ޖުމްލަ ހަ އުމުރުފުރާއަކަށެވެ. އެއީ ޖޫނިއާރ ގްރޫޕާއި ސީނިއާރ ގްރޫޕެވެ.

ޖޫނިއާރ ގްރޫޕުގައި ވާދަކުރާނީ 6 އަހަރުން ދަށް، 9 އަހަރުން ދަށް އަދި 11 އަހަރުން ދަށުގެ އުމުރުފުރާއިންނެވެ. އަދި ސީނިއާ ގްރޫޕުގައި ވާދަކުރާނީ 15 އަހަރުން ދަށް، 17 އަހަރުން ދަށް، އަދި 19 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންނެވެ.

މިނިސްޓްރީން ބުނީ މި މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ސްކޫލުތަކަށް އެފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އަހަރުތަކެއް ކުރިން ސްކޫލްތަކުގެ ލަވަ މުބާރަތަކީ ވަރަށް ފޯރީގައިި ރާއްޖޭގައި ބޭއްވި މުބާރާތެކެވެ. އެމުބާރާތްތަކުން އުފެދުނު ވަރަށް ގިނަ ލަވަކިޔުންތެރިން މިހާރު ވެސް ރާއްޖޭގެ މިއުޒިކީ ދާއިރާގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަމަ

    ލަވަ މުބާރާތެއް މީތާ ދެންނުވެފަ އޮތް ކަމަކީ

    24
    2
  2. އެމީހާ

    ތިކަމެއް ނެތް ވާކައް ! ފ. ނިލަންދޫ ސްކޫލުގަ ހަރާމް ކޮއްފަ އޮންނަ ކަމެކޯ ތި ލަވަކިޔުމަކި

    13
    9
  3. ޟީ

    ވަރަަށް އުފާކޮށްފިން ތިކަހަލަ ކަމެއް އިންތިޒާމް ކުރީތީ!

    6
    22
  4. ރައީސް

    މިއުޒިކް ޖަހާގެން ލަވަ ކިޔުންޙަރާމް ކޮއްފަ އޮންނަ އިރު ކޮން އެއްޗެއް ކިޔާކަށް
    ތިޔަ ވުރެ މާ ރަނގަޅު ވާނެ މަދަހަ މުބާރާތެއް ބޭއްވިއްޔާ

    18
    1
  5. Anonymous

    الله އަށް ބިރުވެތިވޭ . . .

    16
  6. Anonymous

    ލަވަ އަޑުއެހުމާއި ލަވަ ކިޔުމަކީ ކުދިން މަގުފުރެދޭ ކަމެއް.

    13