ކަރީނާ ކަޕޫރް އާއި ސައިފް އަލީ ޚާންގެ ދަރިފުޅު ތައިމޫރްއަކީ އޭނާ އުފަންވީއްސުރެ އިންޓަނެޓްގައި މަޝްހޫރު ކުއްޖެކެވެ. ތައިމޫރްއަށް ލިބިފައި ކަހަލަ މަޝްހޫރުކަމެއް ލިބިފައިވުމުން ކަރިނާ ހިތްހަމަނުޖެހުނަސް އެކަން ހުއްޓުވޭނެ އެއްވެސް ގޮތެއް ނެތެވެ.

ވަރަށް ފަހުން އަނެއްކާވެސް ތައިމޫރް މި ވަނީ މަޝްހޫރުވެފައެވެ. އަނެއްކާވެސް އާ ފޮޓޯއަކާއެކުގައެވެ. އަދި އެ ފޮޓޯއަށް އެތައް ބަޔަކު ދަނީ ލައިކް ދެމުންނެވެ. އިންސްޓަގްރާމްގައި ދައުރުވަމުން އަންނަ އެ ފޮޓޯ ވަރަށްވެސް ރީއްޗެވެ.

ތައިމޫރްގެ މިފަހަރު ދައުރުވަމުންދާ ފޮޓޯއަކީ އޭނާގެ ބައްޕަ ސައިފްގެ ފޮޓޯއަކަށް ބަލަހައްޓައިގެން އިންދާ ނަގާފައިވާ ފޮޓޯއެކެވެ.

އެ ފޮޓޯއިން ފެންނަ ގޮތުގައި ތައިމޫރްގެ އިސްތަށިކޮޅު ވަނީ އައްސާފައެވެ. އެތައް ބަޔަކު އެ ފޮޓޯއަށް ދަނީ ތައުރީފް އޮއްސަމުންނެވެ.

މީސް މީޑިޔާގައި އެންމެންގެ ފޭވަރިޓް ކުއްޖާގެ ލަގަބް ލިބިފައިވާ ތައިމޫރްގެ އުމުރަކީ އެއް އަހަރެވެެ. ތައިމޫރް އުފަންވެފައި ވަނީ 2016 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ.