ވައި ޖަހާލެވޭ ބޮޑު ހޮޓަލެއް ދުނިޔޭގެ ޖައްވުގައި ގާއިމް ކޮށް، 2021 ވަނަ އަހަރު ރިޒަވޭޝަނަށް ހުޅުވާލާނެ ކަމަށް އެމެރިކާގެ ވިޔަފާރިވެރިއަކު ބުނެފިއެވެ.

އުމުރުން 72 އަހަރުގެ ރޮބާޓް ބިޖެލޯ އަކީ އަމިއްލަ ސްޕޭސް ސްޓޭޝަނެއްވެސް ރަޖިސްޓްރީކޮށްގެން ފުޅާ ދާއިރާއެއްގައި ހޮޓެލް ވިޔަފާރި ކުރާ ބިލިޔަނަރެކެވެ. އޭނާ ބުނާ ގޮތުގައި ޖައްވުގައި ގާއިމް ކުރާ ހޮޓަލް ވެގެންދާނީ "މޮންސްޓަރ" ސްޓޭޝަނަކަށެވެ.

އޭނާ ބުނި ގޮތުގައި އެ މަޝްރޫއަށް މިލިއަނުން މިލިއަނުން ޑޮލަރު ޚަރަދު ކުރަން ޖެހޭނެ އެވެ. ބިޖެލޯގެ ކުންފުނި، "އެއިރޮ ސްޕޭސް" ތައާރަފްވެފައިވަނީ 1999 ވަނަ އަހަރުއެވެ. މި ސްޕޭސް ސްޓޭޝަނުގެ ހުރިހާ މާކެޓިން މަސައްކަތާއި، ޕަބްލިކް ރިލޭޝަންސްގެ މަސައްކަތްވެސް ބަލަހައްޓާނީ އެކުންފުނިންނެވެ.