ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ޑޮކްޓަރުން ލަފާދެއެވެ. ހަމައެފަދައިން ކެންސަރު ބަލިން ރައްކާތެރިވުމަށް ވެސް ވަކި ބާވަތްތަކެއް ކާނާ ކެއުމަށް އިރުޝާދު ދެއެވެ.

އިންޑިއާގެ ކާންޕޫރުގެ މެޑިކަލް އޮންކޮލޮޖީ، ރެގެންސީ ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމުގައިވާ ޑޮކްޓަރ ވިކާސް ތަލްޖޭދާ އުރަމަތީ ކެންސަރުން ރައްކާތެރިވުމުގެ ގޮތުން ކެއުމުގައި ހިމަނަންވީ މުހިންމު ކާނާގެ ބާވާތްތައް ވަނީ ހިއްސާ ކޮށްފައެވެ.

އުރަމަތީ ކެންސަރުން ރައްކާތެރިވުމަށް ކާންވީ ބާވަތްތައް:

ހޯލް ގްރެއިން

އޯޓްސް، ބާރލީ، ކޯން ފަދަ ބާވަތްތައް ކެއުމުގައި ބޭނުންކުރާ މީހުންނަށް އުރަމަތީ ކެންސަރު ޖެހުމަކީ ދުރު ކަމެއް ކަމަށް ޑޮކްޓަރ ވިކާސް ވިދާޅުވެފައިވެއެވެ.

ބިސް

ބިހުގައި ހިމެނޭ އޮމެގާ 3 ގެ ސަބަބުން އުމުރުން ދުވަސްވުމުން އުރަމަތީ ކެންސަރު ޖެހުމުން ރައްކާތެރިވެވޭނެ ކަމަށް ޑޮކްޓަރ ވިކާސް ބުނެފައިވެއެވެ.

ރީނދޫ

ރީނދޫގައި ހިމެނޭ ކާކަމިންއަކީ ސިއްހީ އެތައް ފައިދާއެއް ލިއްބައިދެއެވެ. ކެންސަރު ބަލިން ވެސް ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ލަންގް ކެންސަރާއި، އުރަމަތީ ކެންސަރާއި، ކޮލޮން ކެންސަރު ފަދަ ކެންސަރު ބަލިތަކުން ރައްކާތެރިވުމަށް ރީނދޫއަކީ ވަރަށް ރަނގަޅު ބާވަތެކެވެ.

ސަންފުލާވާ އޮށް

ސަންފުލާވާ އޮށުގައި ހިމެނޭ ސެލެނިއަމް، ލިގްނަން އެންޓްރޮލެކްޓޮންގެ ސަބަބުން އުރަމަތީ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދެއެެވެ. މީގައި ހިމެނޭ ވިޓަމިން އީގެ ސަބަބުން ލަންގް އަދި ޕްރޮސްޓެޓް ކެންސަރުން ރައްކާތެރިވުމަށް ވެސް އެހީތެރިވެދެއެވެ.

ބްލެކްޓިލް

މީގައި ހިމެނޭ ލިގްނަންއަކީ ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރާ އެއްޗެކެވެ. މީގެއިތުރުން ބްލެކްޓިލްގެ ސަބަބުން ކެންސަރު ސެލްތައް އިތުރަށް ބޮޑުވެ ހިފަހައްޓައިދިނުމަށް ވެސް އެހީތެރިވެދެއެވެ.

ކިޔުންތެރިންގެ ހިޔާލު