ސައުދި އަރަބިއްޔާގައި ކުޑަ ބެޓަރީއެއް ދިރުވާލި ކުއްޖެއްގެ ބަނޑުގައި އެ ބެޓަރީ ތާށިވުމުން ކުރި އޮޕަރޭޝަަނަކަށްފަހު ކުއްޖާ ސަލާމަތްކޮށްފިއެވެ.

އެ ކުއްޖަގެ ބަނޑުގައި ތާށިވެފައި ވަނީ ލިތިއަމް ބެޓަރީއެކެވެ. ސައުދީގެ ކިންގް ފަހްދް ސެންޓްރަލް ހޮސްޕިޓަލުން އެ ކުއްޖާގެ އޮޕަރޭޝަން ކުރިިއިރު، އެ ކުއްޖާގެ ހާލު މިހާރު ރަނގަޅެވެ.

ރިޕޯޓްތައް ބުނާގޮތުގައި ފައިސާ ފޮއްޗެެއްގެ ސައިޒްގެ އެ ބެޓަރީ އެ ކުއްޖާ ދިރުވާލި ފަހުން އޭނާ އުޅުނީ ބަނޑުގައި ރިއްސާތީއެވެ. އަދި ފަހުން ހެދި ރޭޑިއޮލޮޖީ އެގްޒާނިމޭޝަން އިން އެ ކުއްޖާގެ ބަނޑު ތެރޭގައި އެ ބެޓަރީ އޮއްވާ ވަނީ ފެނިފައެވެ. އެ ކުއްޖާގެ މައިންބަފައިން ހޮސްޕިޠަޓަލަށް ގޮސްފައި ވަނީ، އެ ކުއްޖާ އެ ބެޓަރީ ދިރުވާލިތާ 24 ގަޑިއިރު ފަހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި އެ ކުއްޖާގެ އެމާޖެންސީ ސާޖަރީއެއް ހެދިއެވެ.

ޑޮކްޓަރުން ބުނީ ކުއްޖަކު ބެޓަރީއެއް ކަހަލަ ކޮްމެ އެއްޗެއް ދިރުވާލައިފިނަމަ އަވަށް ޑޮކްޓަރަށް ދައްކަން އަންނަން ޖެހޭނެ ކަމަށެވެ. އެއީ ބެޓަރީ ފަދަ އެއްޗެހިން ހަށިގަނޑުގެ އެތެރެއަށް ގެއްލުންވާނެ ތީ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު